މުދަލު ޒަކާތުގެ ނިސާބު އަނެއްކާވެސް އިތުރުވެއްޖެއެވެ.
މުދަލު ޒަކާތުގެ ނިސާބު އިތުރުވިކަމަށް މިދިޔަ ޖެނުއަރީ މަހުގައި ވެސް މިނިސްޓްރީން އިއުލާނުކޮށްފައިވެއެވެ. އެއީ 7،062.65ރ. އެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 5،777.45ރ. އެވެ.
މުދަލު ޒަކާތް ނެރުން ވާކިބު ވާނީ ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުންނެވެ. އެގޮތުން އެ ފައިސާގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވެއެވެ.
ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށެވެ.
މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 92 މިލިއަން ރުފިޔާއެވެ.