Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ޗާލްސް ތަހުތުގައި ވަޑުވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް، ރައީސް 9 މިލިއަން ބަޖެޓުކޮށްފި

އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެއް، ރަސްކަމުގެ ތަހުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އެ ގައުމަށް ވަޑައިގަތުމަށް 9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާކަން "ދިޔަރެސް" އަށް އެނގިއްޖެ އެވެ.

ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމީލާ ރަސްކަމުގެ ތަހުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އަނބިކަނބަލުން ފަޒްނާ އަހްމަދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ނުވަ މިލިއަނަށްވުރެ ބޮޑު އަދަދެއް ބަޖެޓުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތަށް ކުރެއްވި ފަސް ދުވަހުގެ ދަތުރަށް ވެސް ވަނީ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަ އެވެ.

އެ ދަތުރަށް ތިން މިލިއަން ބަޖެޓު ކުރިކަން މާ ކުރިން އެނގިގެން މި ނޫހުގައި ރިޕޯޓު ކުރުމުން، އެކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ފުރަތަމަ ވިދާޅުވީ، ރައީސް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކަމަށާއި އެ ދަތުރުގައި ބައިވެރިވާނީ އާންމުކޮށް ދަތުރުތަކުގައި ބައިވެރިވާ ޑެލިގޭޝަނަނަށްވުރެ ކުޑަ ވަފުދެއްކަމުން އެ ދަތުރައް މިލިއަނެއްވެސް ހަރަދު ނުވާނެ ކަމަށެވެ.

އެހެންވެ، އެ ދަތުރުގެ ހަރަދު ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދިޔަރެސް އިން ރައީސް އޮފީހުގައި އެދުމުން އެ މައުލޫމާތު ފުރަތަމަ ހާމަ ނުކުރި އެވެ.

އެ މައުލޫމާތު ހާމަނުކޮށް ހިފަހައްޓަނީ ކީއްވެތޯ އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ދިޔަރެސް އިން ސުވާލު ކުރުމުން، ތަރުޖަމާނު މިއުވާން ވިދާޅުވި ގޮތުގައި އެ ދަތުރަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ އެވެ.

އެކަމަކު ފަހުން ރައީސް އޮފީހުން އެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ހާމަކުރުމުން، މިއުވާން ހެއްދެވީ އިތުރުފުޅުކަން ވަނީ ހާމަވެފަ އެވެ. ރައީސް އޮފީހުން ބުނީ އެ ދަތުރަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ.

މި ލިއުމާއި ގުޅޭ