Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ހުޅުމާލޭގައި 6 ފަންގިފިލާއަށް އިމާރާތް ކުރުމުގެ ހުއްދަ ދީފި

ހުޅުމާލޭގެ އިމާރާތްތައް ހަ ފަންގިފިލާއަށް ހެދުމަށް ހުއްދަ ދިނުމަށް ނިންމައި، 'ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު' އާންމު ކޮށްފި އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިދިޔަ ހަފްތާގައި ގެޒެޓްކުރި އެ ގަވާއިދު ހިނގާނީ، އާންމު ދިރިއުޅުމަށް ހުޅުމާލެ ފޭސް އެކެއްގެ ރެސިޑެންޝަލް ނެއިބަރހުޑް 1 އާއި، ނެއިބަރހުޑް 2 އާއި، ނެއިބަރހުޑް 3 އިން ދޫކޮށްފައިވާ ގޯތިތަކަށެވެ. މީގެ ކުރިން ހުޅުމާލެ ފޭސް އެކެއްގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ފަސް ފަންގިފިލާ އަށެވެ.

އެގޮތުން އެ ސަރަހައްދުތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ ގަވާއިދުގައި ވާގޮތުން 18.5 މީޓަރެވެ. އެއިގެން އިމާރާތެއްގައި އެންމެ ގިނަވެގެން ހިމެނޭނީ ހަ ފަންގިފިލާ އެވެ.

އިމާރާތުގެ ހަވަނަ ފަންގިފިލާގެ މައްޗަށް ޓެރަހެއް ލެވިދާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. އެކަމަކު މިގޮތުން ލެވޭ ޓެރަހުގެ ތަޅުން، ޕޭވްމަންޓް /ގްރައުންޑް ލެވެލުން ފެށިގެން 18.5 މީޓަރަށްވުރެ އުސްވެގެން ނުވާނެ އެވެ.

އެ ގަވާއިދު ކުރިން މަޖިލީހުން އެކުލަވާލީ ހުޅުމާލޭގައި ދިރުއުޅެން އާންމުންނަށް ދޫކޮށްފައިވާ ބިންތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށެވެ. އެކަމަކު އެ ހުއްދަ ދޭން ޕްލޭނިން މިނިސްޓްރީގެ އިތުރުން އެޗްޑީސީންވެސް ދެކޮޅު ހަދާތީ އެކަން މަޖިލީހުގެ ގަވާއިދު ކޮމިޓީންވެސް ދިރާސާކުރި އެވެ.

މިހާރު ގެޒެޓްކޮށްފައިވާ ގަވާއިދުގައިވާ ގޮތުން އެ ގޯތިތަކުގެ ކުރެހުން ފާސްކުރާތާ މަދުވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް އެތަންތަނުގައި ދިރިއުޅެން ފަށަން ޖެހޭނެ އެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އެ މުއްދަތު އިތުރުކުރެވިދާނެ އެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ދޫކޮށްފައިވަނީ އާންމު ދިރިއުޅުމަށެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި އިމާރާތެއްގެ ގްރައުންޑް ފްލޯ އާއި، ފަސްޓް ފްލޯ އާއި ބޭސްމަންޓް، ދިރިއުޅުން ނޫން ބޭނުންތަކަށް، ހުއްދަކުރާ ގޮތެއްގެ މަތީން ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. އެކަމަކު ސިނާއީ މަސައްކަތާއި ގުދަން ކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުކުރޭނެ އެވެ.
އިމާރާތްކުރުމުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާނަމަ، ނުވަތަ ފާސްކޮށްފައިވާ ކުރެހުމާ ހިލާފުވާނަމަ، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލު، އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ފާސްކުރުމަށް، މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެ އެވެ.
މި ލިއުމާއި ގުޅޭ