Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްކޮންސް

އަނެއްކާވެސް ބްރިޖް ހަދަން ގެންގުޅޭ އުޅަނދެއް ވިލިމާލެ ފަރަށް އަރައިފި

މާލެ-ވިލިމާލޭ ބްރިޖް ހަދާ ކުންފުނި އިންޑިއާގެ އެފްކޮންސްގެ އުޅަނދެއް އަނެއްކާވެސް ވިލިމާލެ ފަރަށް އަރައިފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދި ދެންމެއަކު ވިލިމާލެ ފަރަށް އަރާފައިވަނީ އެކުންފުނިން ބްރިޖް ހެދުމަށް ބޭނުންކުރާ ބާޖެކެވެ.

މިދިޔަ އަހަރުގެ އޮސްޓް މަހު ވެސް އެކުންފުނިން މާލެ-ވިލިމާލޭ ބްރިޖުގެ ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ބިޔަ ރާޅުތަކާއެކު ވިލިމާލޭ ފަރަށް

އެފަހަރު ޕްލެޓްފޯމު ފަރުމަތިން ފުންކުރީ 12 ދުވަސް ފަހުންނެވެ. އޭގެ ސަބަބުން ވިލިމާލޭ ފަރަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ވެފަ އެވެ. އެފަހަރު ލިބުނު ގެއްލުމަށް އެފްކޮންސް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކައި ހަލާސްކުރަން އެއް މަސް ދުވަހުގެ މުއްދަތެއް އޭރު ވަނީ ދީފައެވެ. ނަމަވެސް އެފައިސާ ދެއްކި ކަމެއް ސާފެއް ނޫނެވެ.

މި ލިއުމާއި ގުޅޭ