Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިފާޢީ ވުޒާރާ

ޑިފެންސް މިނިސްޓްރީގެ ޓުވީޓުތަކަށް އާންމުންނަށް ރައްދު ނުދެވޭގޮތް ހަދައިފި

ޑިފެންސް މިނިސްޓްރީ އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ރަސްމީ ޓުވިޓަރ އެކައުންޓުތަކުން ކުރާ ޓުވީޓުތަކަށް އާންމުންނަށް ރައްދު ނުދެވޭގޮތް ހަދައިފިއެވެ.

މިހެން ހަދާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މީގެ ކުރިން އަބަދުވެސް އެމްއެންޑީއެފް އަދި ޑިފެންސް މިނިސްޓްރީގެ ޓުވީޓުތަކަށް އާންމުންނަށް ރައްދުދީ ހިޔާލުފާޅުކުރެވެއެވެ.

މިގޮތަށް އެންމްއެންޑީއެފުން ހަދާފައިވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު، ރަޖުނާތު ސިންހު މިއަދު ރާއްޖެ އައިސްގެން އުޅޭ ވަގުތެއްގައެވެ. ހިންދޫ ހަރުކަށި ފިކުރުގެ ރަޖުނާތު ސިންހު ރާއްޖެ އައިސްފައިވަނީ 3 ދުވަހަށެވެ. އަދި މި ދަތުރުގައި މިހާތަނަށް ދިފާއީ ވަޒީރު މާރިޔާ ދީދީ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ވަނީ ބައްދަލުކޮށްފައެވެ. މި ދެ ބައްދަލުކުރުމުގައިވެސް ފުޅާ ދާއިރާއެއްގައި އަސްކަރީ އެކި ކަންކަމާ ގުޅޭ ވާހަކަތައް ދެކެވުނު ކަމަށް މައުލޫމާތުލިބެއެވެ.

ރަޖުނާތު ރާއްޖެ އަންނާތީ ގިނަ ބަޔަކު އަންނަނީ ޓުވިޓަރގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ދަނީ ހިޔާލު ފާޅުކުރަމުންނެވެ.

ޓުވީޓުތަކަށް ރައްދު ނުދެވުނު ނަމަވެސް ޑިފެންސް މިނިސްޓްރީގެ ޓުވީޓުތައް ކޯޓްކޮށް ގިނަ ބަޔަކު އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ނުރުހޭ ކަމަށް ބުނަމުންނެވެ.

މި ލިއުމާއި ގުޅޭ