Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައިފް ފާތިހު

ސައިފް، ފައްޔާޒަށް: "ޑޮނަލްޑް ޓްރަމްޕް އުޅޭހެން އުޅެގަތުން ހުތުރު"

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ފާޑުކިޔާ ފަރާތްތަކަށް އެބޭފުޅާ ރައްދުދެއްވާތީ، "ޑޮނާލްޑް ޓްރަމްޕް ހެދިގެން ނޫޅުމަށް" ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު ސައިފް ފާތިހު ނަސޭހަތްތެރިވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ސަރުކާރުގެ ކެބިނެޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދިޔަރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވުމަށްފަހު މިނިސްޓަރު ފައްޔާޒު ވަނީ ދިޔަރެސް އިން ރިޕޯޓުކުރާ ގޮތުގެ ތަމްރީނެއް ދެވިދާނެތޯ މަލާމާތުގެ ރާގަކަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ދިޔަރެސް ނޫހުން ވަނީ ފައްޔާޒު އެދިލެއްވި ގޮތަށް ރިޕޯޓުކުރާނެ ގޮތުގެ ތަމްރީނުގައި ބައިވެރިވުމަށް ދައުވަތު އަރުވައި ސިޓީ ފޮނުވާފަ އެވެ. އަދި "ވިޔަފާރިއެއް ފަށައި ބަނގުރޫޓު ނުވާން ދަސްކޮށްދޭ ތަމްރީނަކާއި، ރުޅި ކޮންޓްރޯލް ކުރަން ދަސްކޮށްދޭ ތަމްރީނަކާއި، އެހެން މީހުންނަށް އިހްތިރާމާއެކު މުހާތަބުކުރަން ދަސްކޮށްދޭ ތަމްރީނެއްގެ އިތުރުން ބޭންކުން ނަގާ ލޯނުތައް ޑީފޯލްޓު ވުމުގެ ކުރިން ދައްކަން ދަސްކޮށްދޭ ތަމްރީނެއްވެސް" މިނިސްޓަރު ބޭނުންފުޅު ނަމަ ކުރިއަށް ގެންގޮސްދޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީއަށް ރައްދުދެއްވައި ފައްޔާޒު އިއްޔެ އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ ދިޔަރެސް އިން ފާހަގަކުރި އެ ތަމްރީނުތަކަކީ ބޭނުންތެރި ތަމްރީނުތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް ދިޔަރެސްގެ "އާދަޔާ ހިލާފު ހުނަރާއި އުކުޅުތަކުގެ ގޮތުގައި ފާހަގަކުރެވޭ ކަންކަމުގެ ތަމްރީނު ލިބިއްޖެނަމަ އެއީ ފިތުނަވެރިކަމުން ސަލާމަތްވެ ހުރުމަށް އެމީހަކަށް ލިބޭނެ ތަމްރީނެއް ކަމުގައިވާ ވާނެ" ކަމަށް ވިދާޅުވި އެވެ.
އެގޮތުން ދިޔަރެސް ނޫހުގެ އިސްވެރިންނަށް ނިސްބަތްކޮށް، ހުރިހާ ބޮރުވެރިކަމާއި އަނިޔާ ނެތިދިއުމުން އެންމެ ފިނޑިމީހާ ކެރޭ މީހާއަށް ވެގެން އުޅޭ ގޮތުގެ ތަމްރީނެއް ދިނުމަށް ފައްޔާޒު އެދިލެއްވި އެވެ. އަދި ނެތްކަމެއް އޮތްކަމަކަށް ހަދައިގެން އުޅުމުގެ ތަމްރީނާއި ބުނާ ބަސް އެހެން ގޮތަކަށް ފުރުޅައި، ހަގީގަތް އޮޅުވާލާ ގޮތުގެ ތަމްރީނުދޭން ފައްޔާޒު އެދިލެއްވި އެވެ.
އަދި އެ ތަމްރީނުތަކަށް މި މަހުގެ 16 އިން ފެށިގެން ވަގުތު ދެވެން އޮތުމުން އެބޭފުޅާއާއެކު އިތުރު ބޭފުޅުންވެސް އެ ތަމްރީނުގައި ބައިވެރިވާން އެދޭކަމަށް ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން ސައިފު ކުރެއްވި ޓުވީޓެއްގައި ފައްޔާޒުއާ މުހާތަބުކޮށް ވިދާޅުވީ އެމްޑީޕީގެ ޗެއާރޕާސަނަށް ރީއްޗަށާއި ހުތުރުކޮށް މީހުން ފާޑު ކިޔައި ހަޖޫ ޖަހައި ދެބަސްވެސް ވާނެ ކަމަށެވެ.
"އެހެނެކޭ ކިޔާ, ރާޑިވެގެން ހަމަ އެމޭރުމުން ނުކުމެ ރައްދުދީ، ނުރުހޭ ނޫސްވެރިންނާ ޑޮނަލްޑް ޓްރަންޕް ކުރިމަތިލާ ބާވަތަށް އުޅެގަތުން ހުތުރު،" ކަމަށް ސައިފް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ