Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.

އެ އިދާރާއިން މިއަދު މެންދުރު 12:30 އިން ފެށިގެން އިރު އޮއްސި 6:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް އަދި ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މެޓުން ބުނީ މި ވަގުތުތަކުގައި އެތޮޅުތަކަށް ބޯކޮށް ވާރޭވަހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެއިތުރުން މިއަދުގެ އިރު އޮއްސި 6:00 އާ ހަމައަށް މެޓުން ލަފާކޮށްފައިވާ ގޮތުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ.

މެޓުން ބުނީ އެ ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކަށް ހުނޅަގާއި ހުޅަނގު އިޔުތުން އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.

އެ އިދާރާއިން އިތުރަށް ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައިވެސް ގަދަވާނެކަމަށެވެ. މެޓުން ލަފާކޮށްފައިވާގޮތުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފުޓާއި ދެމެދުގައެވެ.

މި ލިއުމާއި ގުޅޭ