Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާހިލާފަށް ބޮޑުކޮށްފި

ނިމިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލުތަށް ވަރަށް ބޮޑަށް ބޮޑުކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ހޫނު ގަދަވުމުގެ ސަބަބުން ގޭބީސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އޭޕްރީލް މަހުގެ ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ވަނީ މިދިޔަ ހަފްތާގައިވެސް ބުނެފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އިތުރުވާނީ ކޮންމެ މީޓަރަކުން ގާތްގަނޑަކަށް 500 ރުފިޔާ އެވެ.

ނަމަވެސް ގޭބީސީތަކަށް ގޮސް ފިޒިކަލްކޮށް މީޓަރުތަކުން ރީޑިން ނުނަގާ، ސްޓެލްކޯއިން ފޮނުވި މިދިޔަ މަހުގެ ކަރަންޓު ބިލުތައް ވަނީ ވަރަށް ބޮޑަށް ބޮޑުވެފަ އެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބިލް ހިސްޓްރީއަށް ބަލާއިރު ގިނަ ގެތަކުގެ މިދިޔަ މަހުގެ ކަރަންޓު ބިލު ހުރީ ޑަބަލްވެފަ އެވެ. އެގޮތުން އާންމުކޮށް 500ރ. އަށްވުރެ ދަށުން ބިލް އަންނަ ގެއަކަށް 2،000ރ. އިން މަތީގެ ބިލް ލިބިފައިވާއިރު، އާންމުކޮށް 1،800ރ. ބިލަށް އަރާ ގެތަކަށް މިދިޔަ މަހު 3،800ރ. ވަނީ ކަރަންޓު ބިލަށް އަރާފަ އެވެ.

ރޯދައަށް ޗުއްޓީ ނަގައިގެން، މާލޭގެ އެޕާޓްމަންޓު ފަޅަށް ބަހައްޓާފައި ރަށަށް ދިޔަ ގޭބީސީތަކުގެ މިދިޔަ މަހުގެ ބިލް ވެސް އެތައް ގުނައެއް ބޮޑުކޮށްފައި ހުރި ކަމުގެ ގިނަ ޝަކުވާ އާންމުން ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.

އަދި މަހުގެ ދެބައިކޮށްފައި އެއްބައިގައި ކަރަންޓު ބޭނުން ނުކޮށް ފަޅަށް ހުރި އެޕާޓްމަންޓުތަކުންވެސް 500 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ވަނީ ބިލަށް އިތުރުވެފަ އެވެ.

ސްޓެލްކޯ ބިލްތައް މިހާބޮޑަށް ބޮޑު މިކުރީ ޖީއެސްޓީ ބޮޑުކޮށް، އިންފްލޭޝަން އާދަޔާ ހިލާފަށް މަތިވެ، ކޮތަޅުން ފީ ނަގަން ފެށުމުނުން އާންމުން މާލީ ގޮތުން ވަރަށް ދަތި ހާލުގައި އުޅެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެކަން ކުރީ މިދިޔަ މަހު ބޭއްވި ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އިންތިހާބަށް ސްޓެލްކޯގެ ރިޒާވުން ބޮޑު ބައެއް ހޭދަކޮށްފައިވާތީ ކަމަށް އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓުގެ ބޭފުޅަކު "ދިޔަރެސް" އަށް މައުލޫމާތު ދިނެވެ.
އެކަން ކުރުމަށް ދުރާލާ، ސްޓެލްކޯއިން ވަނީ އެ ކުންފުނިން ސްޕޮންސާދޭ ނޫސްތަކުގައި ކަރަންޓު ބިލަށް 5،00ރ. ބޮޑުވާނެ ކަމަށް ހަބަރުތައް ލިޔުއްވާފަ އެވެ. މީޓަރުތަކުގެ ރީޑިން ނުބަލާ، އެވްރެޖްކޮށް ބިލް ހަދާފައިވަނީ ވަރަށް ވެސް ބޮޑުކޮށެވެ.
ސްޓެލްކޯގެ ތާރީހުގައި ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނުބަލާ އެވްރެޖް ބިލް ހަދަން އެންމެ ފުރަތަމަ ފެށީ މި ސަރުކާރުންނެވެ. ނަމަވެސް އެއީ ކޮވިޑްގެ ހާއްސަ ހާލަތުގައި މާލެ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު އެވެ.
އޭރުވެސް އެވްރެޖް ބިލެއްގެ ކޮންސަމްޕްޝަން ހިސްޓްރީއަށް ބަލައިގެން ބިލް ހެދީ ފަހުން އެޑްޖަސްޓް ކުރާ ގޮތަށެވެ. އަދި މިހާރު އެގޮތަށް ކަންތައް ކުރަން ޖެހޭ ހާލަތެއް ވެސް ނެތެވެ.

ގުރައިދޫ އިލެކްޝަނާ ދިމާކޮށް ސްޓެލްކޯގެ ބަޖެޓުން އެތައް މިލިއަނެއް ހަރަދުކޮށް، ސްޓެލްކޯގެ ވަސީލަތްތައް، އެ ކުންފުނީގެ އެމްޑީ އަހްމަދު ޝަރީފް އިސްވެ ހުރެ ބޭނުންކުރި ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފަ އެވެ.

މި ލިއުމާއި ގުޅޭ