Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ރައީސް ޔާމީނުގެ އިސްތަށިފުޅުގައި މަރުތަކުގެ ތުހުމަތު އެޅުވުން އިމްރާން ދިފާއުކުރައްވައިފި

މީގެ 8 އަހަރު ކުރިން 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ބޭއްވި މޭޑޭ އެއްވުމުގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްތަށިފުޅުގައި މަރުތަކެއްގެ ތުހުމަތުއަޅުއްވައި ދެއްކެވި ވާހަކަފުޅު ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ދިފާއުކުރައްވައިފިއެވެ.

އެ ދުވަހުގެ މުޒާހަރާ ރާއްވަވައި ހިންގެވުމުގައި އިސްކޮށް ހުންނެވި އިމްރާން އެ މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ވިދާޅުވެފައިވަނީ އަނިޔާވެރިކޮށް ޝަހީދުކޮށްލެވިފައިވާ ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީގެ ޤަތުލާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނު ގެއްލުވައިލުމުގެ ޙަޤީޤަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދި އެކަންކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމުގެ ހެކި އެބަހުރިކަމަށްވެސް އިމްރާން އެ ދުވަހު ވިދާޅުވިއެވެ. އަތްޕުޅަށް ގަނޑުތަކެއް ނަންގަވައި އެ ގަނޑުތަކަކީ ރައީސް ޔާމީނަށް އެކަންކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާކަމުގެ ހެކިކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އެ ދުވަހުގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެން ސަރުކާރާމެދު އުފެދުނު ރުޅިވެރިކަމުގައި މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނާ ކުރިމަތިލައި ފުލުހެއް ބިންމައްޗަށް ވައްޓައި އޭނާ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

އަނިޔާވެރިކަމަށް ހިތްވަރުދީ އިމްރާނު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެއިރު އޭނާގެ މައްޗަށް ދައުވާކުރެވި އެ ދައުވާ ސާބިތުވެ ޖަލަށް ލެވުނެވެ. ނަމަވެސް އިމްރާނު ޖަލުގައި ހުންނެވި ވަގުތަށްވުރެ ގިނަ ވަގުތު އޭނާ ހޭދަކުރެއްވީ ގޭގައިކަމަށް އިމްރާނުގެ ކުރީގެ ޅިޔަނު ވިދާޅުވެފައިވެއެވެ.

މިއަދު އިމްރާނަށް އެ ދުވަހާ ގުޅިގެން އާންމު މީހަކު ފާޑުކިޔުމުން އިމްރާން ވިދާޅުވީ ރައީސް ޔާމީނުގެ ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރެވުނީ މޭ ޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ.

އަދި އަނިޔާވެރިންނާއި އަނިޔާއަށް ތާއީދުކުރާ މީހުންނަށް ޤަބޫލުނުކުރެވުނަސް މޭޑޭ މުޒާހަރާއަކީ ރާއްޖޭގެ ތާރީޚު ބަދަލުކޮށްލި މުޒާހަރާއެއްކަމަށްވެސް އިމްރާނު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެ އިމްރާނަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގެންނެވި ފަހުން އެއިރު ހުރިކަމަށް ވިދާޅުވި ހެކިތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެތައް ފަހަރެއްގެ މަތިން އެ ސުވާލަށް ޖަވާބުދެއްވަން އިމްރާނުވަނީ ދެކޮޅުހައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ސުވާލުކުރުމުން އިމްރާން ވިދާޅުވެފައިވަނީ މޭޑޭގައި އޭނާގެ އަތްޕުޅުގައި ހުރި ހެކިތައް ފުލުހުން އޭނާ އަތްޕުޅުން އަތުލައިގެން ގެންދިޔައީ ކަމަށެވެ. ނަމަވެސް އެ ހެކި ހޯއްދަވަން ފަހުން މަސައްކަތްކުރެއްވިތޯ ސުވާލުކުރުމުން އެ ސުވާލަށް އިމްރާނު ޖަވާބެއް ނުދެއްވައެވެ.

އިމްރާނަށް އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް އޭނާ އެ ވާހަކަދެއްކުމުން ވަޒީފާގެ މާހައުލުގައި ދުއްތުރާކުރިކަމަށް ތުހުމަތުވާ މައްސަލައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމު މުޙައްމަދު ޞާލިޙުގެ ސަމާލުކަމަށް ގެނައިތާ 3 އަހަރު ފާއިތުވިއިރު އަދިވެސް އެ މައްސަލަ އެއްވެސް މިންވަރަކަށް ތަހުގީގުކޮށް ބެލިފައިނުވެއެވެ.

މި ލިއުމާއި ގުޅޭ