Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

މޮރިޝަސްއަށް ފޮނޮވި ސިޓީގައި އޮތީ ކީކޭކަން އެންމެ ކުޑަމިނުން 241 ކޮމިޓީއަށް އެނގެން ޖެހޭނެ: އުޝާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްއަށް ފޮނޮވި ސިޓީގައި އޮތީ ކީކޭކަން އާންމު ނުކުރި ނަމަވެސް، އެންމެ ކުޑަމިނުން 241 ކޮމިޓީއަށް އެނގެން ޖެހޭނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައާ ގުޅޭ ގޮތުން އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ މިއޮއްހާދުވަހު ރާއްޖޭގެ ސްޓޭންޑް ޗާގޯސްގެ މައްސަލައިގައި ބަދަލު ނުވާ ކަމަށާއި، ނަމަވެސް ރައީސް ސޯލިހް މޮރިޝަސްއަށް ފޮނޮއްވި ސިޓީފުޅަށް ފަހު އެސްޓޭންޑް ބަދަލުވެގެން ދިޔަ ކަމަށެވެ.

ރައީސް އޮފީހުން ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިޓީއާ ގުޅޭގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް ސަރުކާރުން ވިދާޅުވެފައިވަނީ ދެގައުމުގެ އިސްބޭފުޅުން ފޮނޮވާ ސިޓީބިޓީއަކީ އާންމު ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތު ކަމަށާއި އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ދިވެހިރާއްޖެއަށް ވެގެން ހިނގައިދާނެ ކަމަށެވެ.

އެވާހަކަ ތަކަށް ރައްދު ދެއްވައި އުޝާމް ވިދާޅުވީ އެފަދަ މައުލޫމާތު ތަކަކީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލާ އެކަމުގައި ގޯސްކަމެއް އޮތް ނަމަ ނުވަތަ ރަނގަޅު ކަމެއް އޮތް ނަމަ އެވަރު ރައްޔިތުންނަށް ހާމަ ކޮށްދޭން ޖެހޭ ކޮމިޓީއެއް ކަމަށެވެ. ނަމަވެސް އެކޮމިޓީއިން އެ ސިޓީހޯދުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު މޮރީޝަސްއާއި ރާއްޖެއާ ދެމެދު ހަމަހަމައަށް ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯސް އޮފް ދަ ސީޒް (އެޓްލޮސް) އިން ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި އުޝާމް ޗާގޯސް މައްސަލައާ ގުޅިގެން އިތުރަށް ވިދާޅުވީ ސަރުކާރުން ވިސްނައިދޭން އުޅެނީ ޗާގޯސްއާ ކުޅޭ ކަނޑުގެ ސަރަހައްދު މޮރީޝަސްއާއި ރާއްޖެއާ ދެމެދު ބަހަން ޖެހޭނީ ހަމަހަމައަށް ކަމަށެވެ.

ނަމަވެސް ގިނައިން ކަނޑުތައް ބަހާފައި ހުރީ އެގޮތަށް ނޫން ކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ ގިނަ މައްސަލަތަކެއް މީގެ ކުރިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

"އެކަހަލަ ގިނަ މައްސަލަތަކުގައި ކޯޓުތަކުން ނިންމާފައި ހުރީ އިކުއިޓީގެ އުސޫލުންނޭ ބަހަން ވާނީ. ހަމަ އުސޫލަށް ވުރެ އިންސާފުވެރިކަމުގެ އުސޫލަށޭ ބަލަން ވާނީ. އިންސާފުވެރިކަމުގެ އުސޫލަކީ ޗާގޯސްއަކީ ދުވަހަކުވެސް މީހުން ދިރުއުޅުނު ގައުމެއް ނޫން. ރާއްޖޭގައި މީހުން ދިރިއުޅުނު ގޮތަކަށް ޗާގޯސްގައި މީހުން ދިރިއުޅެފައެއް ނެތް. ޗާގޯސްގެ މީހުން ގެންގުޅެފައި ހުރީ އަޅު މީހުން ގެންގުޅެމެއް. އަޅުގަނޑުމެންނަކީ އައްޑުއާ ހަމައަށް މީހުން ދިރިއުޅެމުންދާ ގައުމެއް. އެހެންވީމާ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބޭ ހުރިހާ ބެނިފިޓެއް ޗާގޯސްގެ އެ ފަސްގަނޑަށް ލިބެން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން" އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ