Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޒެލެންސްކީ ފިސްތޯލަ ހިއްޕަވައިގެން އުޅުއްވާ ސަބަބު ވިދާޅުވެދެއްވައިފި

ޔޫކްރެއިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އެގައުމުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަނގުރާމައިގެ ކުރީކޮޅު ކިއޭވް ގައި ހުންނަ އޭނާގެ ހެޑްކުއާޓާސް ފަޅާލައިފި ރަޝިޔާ ސިފައިން އެތަނަށް ވަންނަން މަސައްކަތް ކުރި ކަމަށާއި، އެމީހުންނަށް އެތަނަށް ވަދެވު ނަމަ އޭނާ އާއި އޭނާގެ ސްޓާފުން އަމިއްލައަށް އެތާނގެ ތެރޭގައި ބަންދުވެފައި ތިބެން ޖެހުނީސްކަމަށެވެ. އަދި އެފަދަ ފުރުޞަތެއް އެއްވެސް ބަޔަކަށް ދޭން ބޭނުން ނުވާކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަމިއްލަ ދިފާޢުގައި ފުރާނަދަންދެން ހަނގުރާމަ ކުރައްވާނެކަމުގައި ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިންގެ 1+1 ޗެނަލުން ހޮނިހިރު ދުވަހު ގެނެސްދިން އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ޝޫޓް ކުރަން އެނގިވަޑައި ގަންނަވާ ކަމަށެވެ.
ޒެލެންސްކީ ވަނީ އޭނާ އަތުގައި އަބަދުވެސް ހޭންޑްގަން އެއް ގެންގުޅޭ ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އެހެން ނަމަވެސް، އެއީ ދުޝްމަނުންގެ އަތްދަށުވެއްޖެ ހިނދެއްގައި އަމިއްލަ ފުރާނަފުޅު ދުއްވާލުމުގެ ގަސްދުގައި ގެންގުޅޭ އެއްޗެއްތޯ ނޫސްވެރިޔާ ދެންނެވި ސުވާލަށް ވަނީ ވަރުގަދައަށް ރައްދު ދެއްވާފައެވެ. ޒެލެންސްކީ ވިދާޅުވީ އެފަދަ ކަމެއް ދުވަހަކުވެސް ނުކުރައްވާނެކަމަށާއި، އެންމެ ފަހު ނޭވާއާއި ޖެހެންދެންވެސް އަމިއްލަ ޤައުމާއި، ރައްޔިތުންގެ ދިފާޢުގައި ކުރިއަށް ވަޑައިގަންނަވާނެކަމަށެވެ.
ޒެލެންސްކީ މިފަދަ ހިތްވަރު ފުޅުގަދަ އުންމީދީ ވާހަކަފުޅުތަކެއް ވިދާޅުވިނަމަވެސް ، ހަނގުރާމައިގެ ފުރަތަމަ މަރުހަލާއަށް އިޝާރާތްކުރައްވައި ވިދާޅުވީ ރަޝިޔާ ސިފައިން އޭނާ ހައްޔަރުކުރިނަމަ އެއީ ނިކަމެތިކަމެއް ކަމަށެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން އަސްކަރީ އޮޕަރޭޝަނެއް ފެށުމަށްފަހު، ރަޝިއާގެ ސްޕެޝަލް ފޯސަސް އިން ކިއޭވްއަށް ވަދެ، ބަންކޯވާ ސްޓްރީޓްގައި ހުންނަ ރިޔާސީ މައި މަރުކަޒު ފަޅާލަން މަސައްކަތް ކޮށްފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑަށް ހީވަނީ ދުޝްމަނުން އެތެރެއަށް ވަތް ނަމަ، އަޅުގަނޑުމެން މިއަދު މިތަނަކަށް ނާންނާނެ ހެން،" އިންޓަވިއުގައި ޒެލެންސްކީ ވިދާޅުވި އެވެ. "އެއްވެސް މީހަކު ގައިދީއަކަށް ނުވާނެ، ވަރަށް ސީރިއަސް ޑިފެންސެއް އޮތީ އޭރުވެސް ތައްޔާރުކުރެވިފައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަހަންނަށް އެތަނުގައި ހުރެވުނީސް.. ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވީ އޭނާގެ ހުޅަނގުގެ ބައެއް ބައިވެރިން ކިއޭވް ދޫކޮށް ދިއުމަށް ލަފާ ދިން ކަމަށާއި ނަމަވެސް ވެރިރަށް ދިފާއުކުރުމަށް އެމެރިކާ އިން އިވެކުއޭޝަން ފްލައިޓަށް ދެކޮޅު ހެދި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މި ހަމަނުޖެހުންތަކުގެ ކުރީކޮޅު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްއަށް ވިދާޅުވީ ކިއޭވް ހިފުމަށް ނުވަތަ ޒެލެންސްކީ މަރާލަން މަސައްކަތް ނުކުރާ ކަމަށެވެ. ބެރެމްލިން އިން ބެނެޓްގެ ވާހަކަ ތައް ކަށަވަރުކޮށްދީ އަދި ދޮގުކޮށްފައެއް ނުވެ އެވެ.
2022 ވަނަ އަހަރުގެ މާޗް މަހު މޮސްކޯގައި ޕޫޓިންއާ އެކު ބޭއްވެވި ބައްދަލުވުމާ ބެހޭ ގޮތުން ބެނެޓް ވިދާޅުވީ ޒެލެންސްކީ އަށް ނުރައްކަލެއް ނެތްކަން އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ޒެލެންސްކީ އަކީ ޓާގެޓެއް ނޫން ކަމުގެ ޔަގީންކަން ރަޝިއާގެ ރައީސް ދެއްވި ކަމަށެވެ.
އެއަށްފަހު ބެނެޓް ވަނީ ޒެލެންސްކީއަށް ވަގުތުން ގުޅައި ޕުޓިން އޭނާ މަރާނުލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ބެނެޓް ބުނި ގޮތުގައި އޭގެ ދެ ގަޑިއިރު ފަހުން ޒެލެންސްކީ އޭނާގެ އޮފީހަށް ގޮސް ސެލްފީއެއް ނެގި އޭގައި ޔޫކްރެއިންގެ ރައީސް ވަނީ އަހަރެން ބިރުނުގަންނަ ކަމަށް ވިދާޅުވެފަ އެވެ.
މި ލިއުމާއި ގުޅޭ