Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކެޕްޓަން އިހުސާން

"ޓެރިޓަރީ ސިފައިންނަށް ސާފުވާނެ، އަސްކަރިއްޔާގެ އަގުވެއްޓޭ ކަންކަން ކުރުވަނީ މަޖުބޫރުން"

ރާއްޖޭގެ ސަރަހައްދު ކުރިންވެސް، މިހާރުވެސް ސިވެހި ސިފައިންނަށް ސާފުވާނެ ކަމަށާއި، ސިފައިންނަށް މަޖުބޫރުކޮށްގެން އަސްކަރިއްޔާގެ އަގުވެއްޓޭފަދަ ކަންކަން ކުރުވަނީ ސަރުކާރުން ކަމަށް ވިދާޅުވެ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޭނާ މިފަދައިން ވިދާޅުވީ، އިޓްލޮސް އިން މިދިޔަ ހުކުރު ދުވަހު ނިންމި ނިންމުމާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދިވެހި ސިފައިން 'ރާއްޖެޓީވީ' ގެ ޕްރޮގްރާމަކަށް އަރުވައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

ރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ޓެރިޓަރީއަކީ ކޮބައިކަން ދިވެހި ސިފައިންނަށް ސާފުވެފައި ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ އިޓްލަސްގެ އިން ނިންމުމާއި ގުޅިގެން އެކަން ދިވެހި ސިފައިންނަށް ސާފުވެގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ކެޕްޓަން އިހްސާން ވިދާޅުވީ ރާއްޖޭގެ ދެކުނުން އީއީޒެޑް ނިމެނީ ސ. ގަމުން ފެށިގެން 200 މޭލަށް ކަން ގާނޫނަކުން ކަނޑައެޅިފައިވާކަން ދިވެހި ކިޔަން އެނގޭ ކޮންމެ މީހަކަށް އެނގެން އޮތް އިރު، އަސްކަރިއްޔާގެ އެންމެ ސީނިއާ އޮފިސަރުންގެ ތެރެއިން ހަތަރު އޮފިސަރުން ލައްވާ މިކަން ތިމަންނަމެންނަށް ނޭނގެޔޭ ބުނުވުމަކީ ކުރީގެ ސިފައިންގެ އޮފިސަރެއްގެ ހައިސިއްޔަތުން އިންތިހާއަށް ލަދުވެތިވެ، ހިތާމަކުރާ ކަމެއް ކަމަށެވެ.
"އިޓްލޮސްގެ ނިންމުމާއެކު މި ސަރަހައްދު ކުޑަވީ، ކުރިންވެސް މިހާރުވެސް ދިފާއު ކުރަންޖެހޭ ސަރަހައްދު ސިފައިންނަށް ސާފުވާނެ. އަސްކަރިއްޔާ އާއި އަސްކަރީ ޔުނިފޯމުގެ އަގު ވެއްޓޭ މިބާވަތުގެ ކަންކަން އެއްވެސް ސަރުކާރަކުން ދިވެހި ސިފައިން ލަައްވާ މަޖުބޫރުން ކުރުވައިގެން ނުވާނެ،" ކެޕްޓަން އިހްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރުގެ ޖޫން މަހު މޮރިޝަސް އިން ރާއްޖޭގެ އީއީޒެޓް ކުޑަކޮށް ޑިލިމިޓް ޖުރަން އިޓްލޮސް ގައި ދައުވާކުރަންދެން ރާއްޖޭގެ ދެކުނުގެ އީއީޒެޑްގައި "ފުށު އެރުމެއް" ނެތެވެ. އަދި އޭގެ ފަހުން ފުށު އެރުން އޮތް ކަމަށް މޮރިޝަސްއިން ބުނި ކަމަށް ވިޔަސް، އޭޕްރީލް 28، 2023 އާއި ޖެހެންދެން 200 މޭލު ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ޝައްކު ވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ޔުނީފޯމް އަދި މުއައްސަސާގެ ކަރާމާތް އިސްކޮށް، ބައެއް ކަންކަމުގައި ނޫނެކޭ ބުނުމަކީ ސިފައިންގެ އެތިކަލް އޮބްލިގޭޝަނެއް،" ކެޕްޓަން އިހްސާން ވިދާޅުވި އެވެ.
ރާއްޖޭގެ ޓެރިޓަރީއަކީ ކޮބައިކަން މީގެ ކުރިން ސިފައިންނަށް ސާފު ނުވާކަމަށް ޝަމާލް ވިދާޅުވި ނަމަވެސް، މޮރިޝަސްއަށް ދޭން ނިންމި ސަރަހައްދުން މީގެ ކުރިން ދިވެހި ސިފައިން ވަނީ އެހެން ގައުމުތަކުގެ މަސްބޯޓުތަކާއި އަދި އެހެނިހެން ބޭނުމަށް އެސަރަހައްދަށް ވަންނަ ބޯޓުފަހަރުތައް އަތުލައިގަނެފަ އެވެ.
މި ލިއުމާއި ގުޅޭ