Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

އިންޑިއާގެ ދިފާއީ ވަޒީރު ހޯމަ ދުވަހު ރާއްޖެ އަންނަނީ

އިންޑިއާގެ ދިފާއީ ވަޒީރު ރަޖުނާތު ސިންހު ހޯމް ދުވަހު ރާއްޖެ އަންނަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން މިކަން ހާމަކޮށްފައިވާއިރު އަދި މިހާތަނަށް ދިވެހިރާއްޖޭގެ ސަރުކާރުންވެސް އަދި އިންޑިއާގެ ސަރުކާރުންވެސް ރަސްމީކޮށް މިކަން އިއުލާންކޮށްފައިނުވެއެވެ.

3 ދުވަހުގެ މި ދަތުރުގައި ރަޖުނާތު ރައީސް އިބްރާހީމް އާއި ފޮރިން މިނިސްޓަރު ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި ބައްދަލުކުރުމަށްވަނީ ހަމަޖެހިފައިވެއެވެ.

އިންޑިއާގެ ޑިފެންސް މިިނިސްޓަރު ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު، އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ގިރިދާރު އަރަމާނެ ވަނީ ފާއިތުވި މަހު ރާއްޖެ ޒިޔާރަތްކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ބައްދަލުކޮށްފައެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ އަންނަނީ ކޮން ބޭނުމަކު ކަމަށް ސަރުކާރުން ބުނެފައިނުވެއެވެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުގެ އިސް މީހަކު ރާއްޖެ އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ފަދަ ކަންކަމަށް ސަރުކާރުން އެއްބަސްވެއެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރާއި އެއް މަތިންދާ ބޯޓު އެތައް ގިނަ އަދަދެއްގެ މަނަވަރުތައް ރާއްޖެ ސަރަހައްދުގައި މިހާރުވެސް ހަރަކާތްތެރިވެއެވެ. އަދި މާލެ ކައިރީގައި އޮންނަ އުތުރުތިލަފަޅުގައި އިންޑިއާއިން ދަނީ އަސްކަރީ މަރުކަޒެއް ޤާއިމްކުރަމުންނެވެ.

މި ލިއުމާއި ގުޅޭ