މި ސަރުކާރުން ކުރިއަށް ގެންދާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ދެ ވަނަ ފިޔަވަހީގައި ގާއިމުކުރާ ޓަވަރުތަކުން 8 ޓަވަރަށް އޮގަސްޓް މަހު މީހުންނަށް ވަދެވޭ ވަރުވާނެކަމަށް އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އޮގަސްޓު މަހުގެ ތެރޭގައި ޓަވަރުތަކަށް މީހުން ވަނދެވޭ ގޮތް ހަމަޖެއްސުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެގޮތުން އޮގަސްޓު މަހާ ހިސާބު ޓަވަރުތަކުގެ ސްޓްރަކްޗާ ނިމޭނެކަމަށާއި އޭގެއިން އަށް ޓަވަރަށް މީހުން ވަނދެވޭވަރު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ބާހިޔާވަހިކަމާ ގުޅިގެން ސަރުކާރުން އިތުރަށް ބަލަން ޖެހޭ ކަންކަމާއި މައްސަލަ ބަލަން ސަރުކާރުން އުފައްދާފައިވާ ފްލެޓް ކޮމިޓީން ބަލާނެ ކަމަށެވެ.