ދެ ޖިންސީ ގުނަވަން ހުރި ފިރިހެން ކުއްޖަކު ޕާކިސްތާނުގައި އުފަންވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޕާކިސްތާނުގެ ޑޮކްޓަރުން ހައިރާންކޮށްލީ އެ ތުއްތު ކުއްޖާ އުފަންވި އިރު ޖިންސީ ދެ ގުނަވަން ހުރުމާއެކު އެ ދެގުނަވަން ވެސް ސަލާމަތުން ހުރުމުންނެވެ.
ވަރަށް މަދުން ނޫނީ ދިމާނުވާ "ޑިފަލިއާ" ނަމަކަށް ކިޔާ ސިއްހީ ބައްޔެއްގެ ސަބަބުން ދެ ގުނަވަން ތުއްތު ކުއްޖާގެ ހުރިއިރު، އެ ތުއްތު ކުއްޖާގެ ބޮޑުކަމުދާ ނިޒާމެއް ނެތެވެ.
ސިއްހީ ތަޖްރިބާ ކާރުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަދަ ކުއްޖަކު އުފަންވާނީ ކޮންމެ ހަ މިލިއަން ކުއްޖަކުން އެއްކުޖެއްގެ ގޮތުގައެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް ސާޖަރީ ކޭސް ރިޕޯޓްގައި މި މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އަދި މިހާތަނަށް މެޑިކަލް ލިޓްރޭޗާގައި ރެކޯޑްކޮށްފައިވަނީ ޑިފަލިއާގެ އެންމެ 100 ކޭސް އެވެ. އޭގެ ފުރަތަމަ ކޭސް ފެނިފައިވަނީ 1609 ވަނަ އަހަރުކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
އެ ކުއްޖާގެ ޑޮކްޓަރުންނާއި، ހަވާލާދީ ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއް ގުނަވަން އަނެއް ގުނަވަނަށް ވުރެ އެއް ސެންޓިމީޓަރު ދިގު ކަމަށްފާހަގަ ކުރެވިފައިވާއިރު، އެ ދެ ގުނަވަނުން ވެސް ޔޫރިން ޕާސް ކުރެވޭނެ ކަމަށް ވެއެވެ. މާނައަކީ ދެގުނަވަނުންވެސް ފަސޭހަކަމާއެކު ކުޑަކަމު ދެވޭނެއެވެ.
ޑޮކްޓަރުން ވަނީ އެ ތުއްތު ކުއްޖާއަށް ބޮޑުކަމުދެވޭ ގޮތް ހެދުމުގެ ގޮތުން ކޮލޮނޮސްކޮޕީއަކުން އެފަދަ އޮޕަރޭޝަނެއް ކޮށްފަ އެވެ.
ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ޗިލްޑްރަންސް ހޮސްޕިޓަލުގައި އެ ކުއްޖާއަށް ފަރުވާ ދީފައިވާއިރު، އެ ކުއްޖާ ވިއްސާފައިވަނީ ސީދާ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓަށް ގެނެސްގެންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެ ތުއްތު ކުއްޖާގެ ޕޭރަންޓުންގެ ފަރާތުންވެސް މިފަދަ އާދަޔާ ޚިލާފު އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ.
ޑޮކްޓަރުންނާއި، ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވަނީ އެކުއްޖާގެ ޖިންސީ ދެ ގުނަވަންވެސް ގުޅިފައިވަނީ އެއް ޔޫރިނަރީ ބްލެޑާ އާއި ކަމުން ދެ ގުނަވަނުން ވެސް ޔޫރިން ޕާސް ކުރެވޭނެ އެވެ.
އޮޕަރޭޝަނަށް ފަހު ދެ ދުވަސް ވަންދެން އެ ކުއްޖާ އޮތީ އޮބްޒަވޭޝަންގަ އެވެ. އެއަށްފަހު އޭނާ ދޫކޮށްލުމަށްފަހު ފޮލޯއަޕް އެޕޮއިންޓްމަންޓެއް ހޮސްޕިޓަލުން ހަމަޖައްސައިދިނެވެ.
މިބައްޔާއި ބެހޭގޮތުން މާގިނަ ތަހުލީލު ތަކެއް ކުރެވިފައި ނުވާތީ ޑިފަލިއާ ޖެހެނީ ކިހިނެއް ކަމެއް އަދި ސައިންސްވެރިންނަށް ވަނީ ނުހޯދިއެވެ.