Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ޗާގޮސް މައްސަލައިގައި މީގެ ކުރިން ހަނު ހުރުމަށްފަހު ގާސިމް އިޓްލޮސްއަށް ސިޓީ ފޮނުވައިފި

އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އިމުގެ މައްސަލައިގައި، ދިވެހި ސަރުކާރުން ނަގާފައިވާ ގާނޫނީ ސްޓޭންޑްގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމުން، ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ގެ ފަރާތުން އެ ކޯލިޝަންގެ ލީޑަރު ގާސިމް އިބްރާހީމް އިޓްލޮސްއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ޗާގޯސް މައްސަލާގައި ސަރުކާރުން މީގެ ކުރިން ގެންގުޅެފައިވާ ވިސްނުމަކީ އެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ނުހިނގާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެ ސްޓޭންޑު ބަދަލުކޮށް، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް އެއްބަސްވެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް މިދިޔަ އަހަރު ސިޓީ ފޮނުއްވެވި އެވެ.

އެ ނިންމުމާމެދު، އިދިކޮޅު ފަރާތްތައް ހިމެނޭހެން ރާއްޖޭގެ ގިނަ ރައްޔިތުން އޭރުންސުރެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، ޖުމްހޫރީ ޕާޓީ ހިމެނޭހެން އެހެން ސިޔާސީ ޕާޓީތަކުން މީގެ ކުރިން އެ މައްސަލައިގައި އެއްޗެއް ބުނެފައެއްނުވެ އެވެ.

އެ މައްސަލައިގައި މިއަދު އިޓްލޮސްގައި ހުކުމް ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމް ވަނީ ދިވެހި ސަރުކާރުގެ ނިންމުމާމެދު ކަންބޮޑުވުން އޮތްކަން ހާމަކޮށް އެ ޓްރައިބިއުނަލަށް އިއްޔެ ސިޓީއެއް ފޮނުއްވާފަ އެވެ.

އެ ސިޓީ މިއަދު ޓުވީޓާގައި އާންމުކޮށް، ގާސިމް ވިދާޅުވި ގޮތުގައި އެއީ ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމުން ފޮނުއްވި ސިޓީއެކެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ގައުމުގެ ގާނޫނު އަސާސީގެ ތިންވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި ފޮނުއްވި ސިޓީއެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގެ ތިންވަނަ މާއްދާގައި ބުނި ނަމަވެސް ޗާގޯސް މައްސަލައިގައި ސްޓޭންޑް ބަދަލުކޮށް ރަޢީސް، ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ މަޖިލީހުގެ ލަފާ ހޯދުމެއްނެތި އެވެ. އަދި އެ ސިޓީ މިހާތަނަށް ހާމަކޮށްފައިވެސް ނުވެ އެވެ.

ސަރުކާރުން ކުއްލިއަކަށް ގެންގުޅުނު ސްޓޭންޑު ބަދަލުކުރުމާ ގުޅުގެން ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތުމަށް ދިވެހިން ނުރުހޭކަން ހާމަކޮށް، އިޓްލޮސްއަށް އެންމެ ފުރަތަމަ ސިޓީ ފޮނުއްވީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުންނެވެ. އޭގެ ފަހުން، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިންވެސް މިހާރު ވަނީ ސަރުކާރުގެ ސްޓޭންޑާމެދު ކަންބޮޑުވުން ފާޅުކޮށް ޓްރައިބިއުނަލަށް ސިޓީ ފޮނުވާފަ އެވެ.
މި ލިއުމާއި ގުޅޭ