ރަޝިއާއާއި މެދު ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް މިދިޔަ ފެބްރުއަރީ މަހު އަމަލުކުރަން ފެށި ނަމަވެސް، ހަތް އަހަރުގެ ތެރޭގައި ރަޝިއާއިން ޕެޓްރޯލިއަމް ގެ ބާވަތްތައް އެކްސްޕޯޓު ކުރާ މިންވަރު މައްޗަށް އަރާނެ ކަމަށް ވޯޓެކްސާގެ ޓޭންކަރު ޓްރެކިން ޑޭޓާއާ ހަވާލާދީ ބްލޫމްބާގުން ބުދަ ދުވަހު ބުނެފިއެވެ.
އެގޮތުން އޭޕްރީލް މަހުގެ ފުރަތަމަ ތިން ހަފުތާގައި ޑީސަލް ހިމެނޭ ގޮތަށް ސާފު ޕެޓްރޯލިއަމް ގެ ބާވަތްތަކުގެ ޝިޕްމަންޓުގެ އަދަދު ދުވާލަކު 1.9 މިލިއަން ފީފާއަށް އަރާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އެ ރޭޓް މި މަހުގެ ބާކީ އޮތް މުއްދަތުގައި ދެމިއޮތް ނަމަ، މިއީ މަދުވެގެން 2016 ވަނަ އަހަރަށް ފަހު މި އަހަރުގެ މި މުއްދަތުގައި އެންމެ މަތީ ރޭޓް ކަމަށް ހިސާބުތަކުން ދައްކަ އެވެ.
2016 ވަނަ އަހަރު ފެށުނު ފަހުން ޝިޕްމަންޓްތައް މައްޗަށް ގޮސްފައި ވަނިކޮށް، މާޗް މަހުގެ ތެރޭގައި އެތައް ގުނައެއްވަނީ މައްޗަށް ޖެހިފައެވެ.
ރަޝިއާގެ ތެޔޮ އެކްސްޕޯޓް ކުރުން އިތުރުކުރަން އަމާޒު ހިފާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އަމަލުކުރަން ފެށި އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން، ޖީ7 ގެ ޤައުމުތަކުން ރަޝިއާގެ ތެލުގެ އަގު ދައްކުރުން ހިމެނެއެވެ.
އޭގެ ރައްދުގައި މޮސްކޯއިން ވަނީ މާޗް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ދުވާލަކު ފަސް ލައްކަ ފީފާގެ ތެޔޮ އުފައްދާނެ ކަމަށް ބުނެފަ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ރަޝިޔާއިން ވަނީ ތެލުގެ ޝިޕްމަންޓްތައް ކާމިޔާބުކަމާއެކު ރީޑައިރެކްޓްކޮށްފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އޭޕްރީލް މަހު އެ ގައުމުގެ ގިނަ ޕެޓްރޯލިއަމް އުފެއްދުންތައް ވަނީ ތުރުކީގެ އިތުރުން މޮރޮކޯ، ޓިއުނީޝިއާ އަދި ލީބިޔާ ފަދަ އުތުރު އެފްރިކާގެ ގައުމުތަކަށް ފޮނުވައިފަ އެވެ.
ރަޝިއާއިން ވަނީ ދެކުނު އެމެރިކާގެ ގައުމުތަކަށް އެކްސްޕޯޓް ކުރުން ވެސް އިތުރުކޮށްފަ އެވެ. ރޮއިޓާސް އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވާގޮތުން އޭޕްރީލް މަހު ބްރެޒިލްގެ ޑީސަލް ތެޔޮ އިމްޕޯޓް ކުރުމުގައި ރަޝިއާގެ ހިއްސާ 53 ޕަސެންޓަށް އަރާނެ އެވެ.