Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

"ކާބަފައިން ވާސިލްކޮށްދިންގޮތަށް މި ގައުމު އަންނަން އޮތް ޖީލަށް ރައްދު ކޮށްދޭން ޖެހޭ"

ކާބަފައިން މި ޖީލަށް ގައުމު ވާސިލްކޮށްދިންގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އަންނަން އޮތް ޖީލަށް މި ގައުމު ރައްދުކޮށްދޭން ޖެހޭކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތުމަށް ދިވެހިން ނުރުހޭކަން ހާމަކޮށް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް އިދިކޮޅު ޕީޕީއެމުން ފޮނުވި ސިޓީ ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޣައްސާން ވިދާޅުވީ ކާބަފައިން ބުރަ މަސައްކަތުން މި ގައުމު މި ޖީލަށް ވާސިލްކޮށްދިން ގޮތަށް އުނި ކަމެއް ނުގެނެސް އަންނަން އޮތް ޖީލަށް އަމާނާތްތެރިކަމާއެކު ރައްދު ކޮށްދިނުމަކީ ގައުމީ އަދި ފަރުދީ ޒިންމާއެއް ކަމަށެވެ.

އެކަން ފާހަގަކުރައްވާ އޭނާ ވަނީ މާދަމާ ރޭ ޕީޕީއެމްއިން ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މާދަމާ ރޭ 8:30 ގައި "ކޮތަޅު"ގެ ނަމުގައި ބާއްވާ އެ ޖަލްސާގައި މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ހިނގަމުންދާ ވަރަށް ގިނަ ކަންކަމާ ގުޅޭ މައުލޫމާތު ލިބިގެން ދާނެކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ