Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލަމަފޯބިއާ

އިސްލާމް ދީނަކީ ކެންސަރެއް ކަމަށް ބުނި ކެނެޑާގެ ލިޔުންތެރިޔާ ކެންސަރު ބަލީގައި މަރުވެއްޖެ

އިސްލާމް ދީނަކީ ނައްތާލަން ޖެހޭ ކެންސަރެއް ކަމަށް ބުނި ކެނެޑާގެ މަޝްހޫރު ލިޔުންތެރިޔާ ތާރިކް ފަތުހު ކެންސަރު ބަލީގައި މަރުވެއްޖެއެވެ.
މަޝްހޫރު ކޮލަމިސްޓެއް އަދި ލިޔުންތެރިއެއް ކަމަށްވާ ތާރިކް ފަތުހު މަރުވީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާހޯދަމުން ދިޔުމަށްފަހު މިދިޔަ ހޯމަ ދުވަހު އެވެ.
އުމުރުން 73 އަހަރުގެ ފަތަހު އަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅު ޕާކިސްތާނުން ކެނެޑާއަށް ހިޖުރަކުރި މީހެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، ކެނެޑާގައި އުޅުނު ދުވަސްވަރު ސިޔާސީ އެކްޓިވިސްޓެއްގެ އިތުރުން ނޫސްވެރިއެއްގެ އިތުރުން ޓީވީ ހޯސްޓެއްގެ ގޮތުގައިވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ.

އޭނާއަކީ އިސްލާމްދީނަށް އެކިގޮތްގޮތުން ނަފުރަތު އުފައްދާ ފުރައްސާރަކޮށް ހަޖޫޖަހަމުން ދިޔަ މީހެކެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް އެކިއެކި ލިޔުންތައް ލިޔެ ތަފާތު ފޮތްތައްވެސްވަނީ ބައިނަލް އަޤުވާމީ ފެންވަރުގައި އޭނާ ލިޔެފައެވެ. އަދި ތަފާތު ޓީވީ ޗެނަލްތަކާއި، ޝޯވ ތަކުގައި އޭނާވަނީ އިސްލާމްދީނާ އިދިކޮޅު ވާހަކަތައް ދައްކާ މުސްލިމުންގެ މެދުގައި ހުރި ދީނީ ކަންކަމަކީ އިންސާނިއްޔަތާ ޚިލާފު ކަންކަން ކަމުގައިވެސް ސިފަކޮށްފައެވެ.

އިސްލާމް ދީނާ ދެކޮޅަށް އޭނާ ލިޔުނު ފޮތްތަކުގެ ތެރޭގައި ޗޭސިން އަ މިރާޖް އާއި، ދަ ޓްރެޖިކް އިލިއުޝަން އޮފް އަ އިސްލާމިކް ސްޓޭޓް އާއި، އަދި ދަ ޔަހޫދީ އިޒް ނޮޓް މައި އެނިމީ ހިމެނެއެވެ. އަދި އޭގެ އިތުރުންވެސް އަންވެއިލިން ދަ މިތްސް ދަޓް ފިއުލް މުސްލިމް އެންޓި ސެމިޓިޒަމް" ފަދަ އެތައް ފޮތެއް އޭނާވަނީ ލިޔެފައެވެ.
އިސްލާމްދީނަކީ ނައްތާލަން ޖެހޭ "ކެންސަރެއް" ކަމަށް ބުނެ، އިސްލާމީ އެކިއެކި އަޅުކަންތަކާއި ޢަޤީދާތަކަށް ފާޅުގައި ފާޑުކިޔުމުން އޭނާ އަށް މަޝްހޫރުކަން ލިބުނެވެ. ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ އުމުރުން 72 އަހަރުގައި ޚުދު އޭނާ ކެންސަރު ބަލީގައި މަރުވުމެވެ.
ކެނެޑާއަކީ ތަފާތު ދީންތައް ހިއްސާކުރާ ރައްޔިތަކުން ދިރިއުޅޭ ޤައުމަކަށްވިޔަސް މުސްލިމުންގެ ޢަދަދުވެސް ވަކިން މަދު ޤައުމެއް ނޫނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި މުސްލިމް ޖަމާއަތްތަކަށާއި ފަރުދުންނަށް އަމާޒުކޮށްގެން އިސްލާމްދީނާ ދެކޮޅު އަމަލުތައް ހިންގުމުގެ އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. މި އަމަލުތަކުގެ ތެރޭގައި މިސްކިތްތައް ތަޅާ ، ހިޖާބު އަޅައިގެން އުޅޭ އަންހެނުންނަށް އުނދަގޫކުރުމާއި، 2017 ވަނަ އަހަރު ކިއުބެކް ސިޓީގައި ހިނގި ބަޑިޖެހުން ފަދަ އަނިޔާވެރި ހަމަލާތައް ހިމެނެއެވެ.
ކެނެޑާގެ ޢާއްމުންނާއި، މަދަނީ ޖަމިއްޔާތަކުން ވަނީ މި އަމަލުތައް ކުށްވެރިކޮށް އެކަންތައްތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.
މި ލިއުމާއި ގުޅޭ