Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް ޞަފާ ޝަފީގު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމަށް ދ.މީދޫ، ބިއްލޫރިވާދީ ޞަފާ ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން އިއުލާނު ކުރުމުން ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

އެބޭފުޅުންގެ ނަންތައް ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އިސްކަން ދެއްވާ ތަރުތީބުން ލިސްޓްކުރެއްވުމަށް ފަހު މަޖިލީހަށް ފޮނުއްވި އިރު ޞަފާގެ ނަން އޮތީ އެ ލިސްޓްގެ އެންމެ ފަހަތުގައިކަން ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން އެ ނަންތައް ދިރާސާކުރުމަށް ފަހު ރުހުން ދިން ދެބޭފުޅުންގެ ތެރޭގައި ޞަފާގެ ނަން ހިމެނެއެވެ.

އެ ނަންތައް ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓްގައި އެއްވަނާގައި އޮތީ ދަފްތަރު ނަމްބަރު 5143، ޝިހާމް ވަހީދުގެ ނަމެވެ. ޞަފާގެ ނަން ހިމަނާފައި އޮތީ ދެވަނަ އަށެވެ.

އެހެންވެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ އެ ލިސްޓްގެ އެއްވަނައިގައި އޮތް ޝިހާމް ވަހީދު ބްރޯޑްކޮމްއަށް އައްޔަނުކުރުމަށެވެ.

ބްރޯޑްކޮމްއަށް ޝިހާމް އައްޔަން ކުރަން ރުހުން ދިނުމާ މެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ ތެރެއިން 31 މެންބަރަކު ވޯޓު ދެއްވީ އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށެވެ.

އެހެންވެ މަޖިލީހުގައި ދެން އެހީ ޞަފާއަށް ރުހުން ދިނުމާ މެދު ވޯޓު ދިނުމަށެވެ. އެވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ ތެރެއިން 40 މެންބަރަކު އޭނާއަށް ރުހުން ދޭން ފެންނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ