Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މާފަންނުގެ ބޮޑު ބަޔަކުން މިއަދު ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މާލޭގެ ބޮޑު ބަޔަކުން ދެ ގަޑިއިރެއްހައި ވަގުތަށް ކަރަންޓު ކެނޑިދޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތްކުރަމުންދާތީ މާފަންނުގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ކަރަންޓުގެ ޚިދުމަތް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ސަރަހައްދުތައްކަމަށް ސްޓެލްކޯއިން ފާހަގަކުރީ، މާފަންނުގެ ބޮޑުތަކުރުފާނު މަގާއި، ބޮޑުފުންގަނޑު މަގާއި، މަޖީދީމަގާއި، ބުރެވި މަގުގެ އިތުރުން ވައިޖެހޭ މަގާއި ލަސިމޫ ގޯޅިއެވެ.

އިތުރަސް ސްޓެލްކޯއިން ބުނި ގޮތުގައި އެ ސަރަހައްދުތަކުގައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން 4:000 އާ ހަމައަށް ކަރަންޓު ކެނޑިފައި ހުރެދާނެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނު ދުވަސްވަރަކަށްވާތީ މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރުވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. ސްޓެލްކޯއިން އަންނަނީ ކަރަންޓު ބޭނުންކުރުން އިޤުތިޞާދުކުރުމަށް އާންމުންނަށް އިލްތިމާސްކުރަމުންނެވެ.

މިއަދު މާފަންނުގެ ބޮޑު ސަރަހައްދަކުން ދިގު ވަގުތަކަށް ކަރަންޓު ކެނޑިދާނެކަން ހާމަކުރުމާއެކު، އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެ ކުންފުނިން މައާފަށް އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ