Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

އުޝާމް، ޝާހިދަށް: މިއަދު ވަޒީރުކަން ލިބުނީމަ ގާނޫނަށް އަމަލު ނުކުރާނަމޭ ނުބުނެވޭނެ

ގާނޫނުގެ ދަށުން މައުލޫމާތު ދޭން ފޮރިން މިނިސްޓްރީން ދެކޮޅު ހެދުމުން، ވިލިނގިލީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހްމަދު އުޝާމް އެ މިނިސްޓްރީއަށް ފާޑުވިދާޅުވެއްޖެ އެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންކުރެއްވި އިގްތިސާދީ "ފޯމިއުލާ" ހޯދަން އެދުނު ގައުމުތައް ހޯދަން "ދިޔަރެސް" އިން އެދުމުން ފޮރިން މިނިސްޓްރީން ވަނީ އެއީ ހާމަކުރެވޭނެ މައުލޫމާތެއް ނޫންކަމަށް ބުނެފަ އެވެ.
އެހެންވެ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެ މައްސަލަ އިލްތިމާސްކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި، އިންފޮމޭޝަން ކޮމިޝަނަރު ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އެ މިނިސްޓްރީން ވަނީ ގާނޫނުން ލާޒިމުކުރާ ސުވާލުތަކަށްވެސް ޖަވާބުދޭން ދެކޮޅު ހަދާފަ އެވެ.
އެކަމާ ގުޅިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގުކުރައްވައި ކުރެއްވި ޓުވީޓެއްގައި އުޝާމް ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ފާސްކުދީ 18 ވަނަ މަޖިލީހުން ޝާހިދުގެވެސް ވޯޓާއެކު ކަމަށެވެ.
މިއަދު ވަޒީރުކަން ލިބުމުން އެ ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ޝާހިދަށް ނުބުނެވޭނެ ކަމަށާއި ސަރުކާރުންވެސް ގާނޫނަށް އަމަލުކުރަންޖެހޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
"ސަރުކާރުގެ ވުޒާރާއެއްގެ އަމަލުތައް މިފެންވަރުގަ ހުންނަނަމަ، ގާނޫނުތައް ހެދުމުގެ އެއްވެސް ބޭނުމެއް، މާނައެއް ނެތް،" އުޝާމް ވިދާޅުވި އެވެ.
ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން ރައީސް އިބްރާހީމް ބޭނުންކުރެއްވި ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ރައީސް އިބްރާހީމްގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިންނެވެ.
އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ސުވާލު ކުރެއްވީ އެ މައުލޫމާތަކީ ފޮރިން މިނިސްޓްރީގައި ހުރި މައުލޫމާތެއްތޯ ނުވަތަ ނޫންތޯ އެވެ. އެކަމަކު ފޮރިން މިނިސްޓްރީން އެކަން ޔަގީން ނުކޮށްދީ ތަކުރާރުކޮށް ވިދާޅުވީ "ދޭނެ އިތުރު ޖަވާބެއް ނެތް" ކަމަށެވެ.
މައުލޫމާތު ހާމަ ނުކުރެވުނު ނަމަވެސް ވަކި މައުލޫމާތަކީ އެ އިދާރާއެއްގައި ހުރި މައުލޫމާތެއްކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުން ގާނޫނުން ލާޒިމުކުރާ ކަމަށް ކޮމިޝަނަރު އާހިދު ވިދާޅުވުމުންވެސް، މިނިސްޓްރީން ބުނީ ޖަވާބު ނުދޭނެ ކަމަށެވެ.
މިނިސްޓްރީން ދެކޮޅުހެދި ނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ ވަނީ، ރައީސް އިބްރާހީމްގެ އިގްތިސާދީ "ފޯމިއުލާ" ހޯދަން އެދުނު ގައުމުތައް ފަސް ދުވަހުގެ ތެރޭ ހާމަކުރަން މިނިސްޓްރީއަށް އަންގާފަ އެވެ.
މި ލިއުމާއި ގުޅޭ