Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ބައިޑަން ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވުމުން ޓްރަމްޕް ރައްދު ދެއްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަލުން އެމެރިކާގެ ރިޔާސީ ރޭހަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާނު ކުރެއްވުމަށްފަހު ނެރުއްވި އާ ކެމްޕެއިން ވީޑިއޯއަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައްދުދެއްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ މެކްސިކޯއާ އެމެރިކާގެ ބޯޑަރު ހުޅުވާލުމުން ފެށިގެން ދުނިޔެ ތިންވަނަ ބޮޑު ހަނގުރާމައިގެ އައްސޭރިއަށް އައިސްފައިވާއިރު، ބައިޑަން ވަނީ ފެއިލްވެފައިވާ ކަމަށެވެ.
2024 ވަނަ އަހަރުގެ ރޭހަށް ބައިޑަން ރަސްމީކޮށް ނިކުމެވަޑައިގެންނެވި ކެމްޕެއިން ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ ވަޒީފާ ނެތް މީހުންގެ މައްސަލަ ނިމުމަކަށް ގެނެސް، އެމެރިކާގެ ފުރާނަ އިއާދަކުރުމަށް އިތުރު ހަތަރު އަހަރު ބޭނުންވާ ކަމަށެވެ. އޭގެ އިރުކޮޅެއްގެ ތެރޭގައި ޓްރަމްޕް ވަނީ އެވާހަކަ ފުޅަށް ރައްދު ދެއްވާފައެވެ.
އެމެރިކާގެ ތާރީހުގައި ވެރިކަން ކުރެއްވި އެންމެ ގޯސް ފަސްރައީސުން އެމެރިކާއަށް ދިން ގެއްލުންތައް އެއްކޮށްލިޔަސް، ޖޯ ބައިޑަން އެމެރިކާއަށް ދެއްވި ގެއްލުމާއި އެއްވަރު ނުވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ބައިޑަންގެ ހިތާމަވެރި އަދި ނާކާމިޔާބު ވެރިކަމުގެ މިސާލެއްގެ ގޮތުގައި ކުރީގެ ރައީސް ޓްރަމްޕް ފާހަގަކުރެއްވީ ބައި ގަރުނުގެ ތެރޭގައި އެންމެ ގޯސް އިންފްލޭޝަން އާއި ހަގީގީ އުޖޫރަ ދަށަށް ދިއުމުގެ 24 މަސް ދުވަހުގެ ސިލްސިލާ އާއި ޕެޓްރޯލްގެ އަގުތައް އުފުލުމާއި ބޯހިޔާވަހި ކަމުގެ މައްސަލައާއި ކުށުގެ އަމަލުތައް ގިނަވުމުގެ މައްސަލައެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ ރަޝިޔާ އިން ޗައިނާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ އިރު، އީރާން އޮތީ ނިއުކްލިއާ ބޮމެއްގެ ތުންފަތްމަތީގައި ކަމުގައެވެ. އަދި ޓްރަމްޕް ރައީސް ކަމުގައި ހުންނެވި ނަމަ ދުވަހަކުވެސް ނުހިނގާނެ ފަދަ ހަނގުރާމައެއްގެ ސަބަބުން ޔޫކްރެއިން ހަލާކުވެއްޖެ ކަމުގައި ޓްރަމްޕް ވިދާޅުވއެވެ.
ޓްރަމްޕް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ބައިޑަން އަލުން އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންވެސް ގެންގުޅުއްވާނެކަމީ ހީވެސް ނުކުރެވޭ ކަމެއް ކަމަށެވެ. އެމެރިކާގެ މުޅި ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ވެރިކަމެއްގައި މިއަށްވުރެ ބޮޑު ތަފާތެއް ފެނުނު ވެރިކަމެއް ނޯންނާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު ރަނގަޅު ހާލަތެއްގައި އޮތް އިރު، މުޅި ދުނިޔެ އޮތީ ވަރަށް ބޮޑަށް ސުލްހަވެރިކޮށް ކަމަށް ވިޔަސް، ޓްރަމްޕަށް އޭނާގެ ރެކޯޑް ދެމެހެއްޓުމަށް ބޭނުންވާ ވޯޓްލިބޭނެކަމުގެ އުންމީދު ވަރަށް ކުޑަކަމަށް ތަޖްރިބާ ކާރުން ދެކެއެ އެވެ. އެންމެ ފަހުގެ ޕޯލްތަކުން ޓްރަމްޕް ބައިޑަންއަށް ވުރެ ތަންކޮޅެއް ކުރީގައި ހުންނެވި ނަމަވެސް އާދީއްތަ ދުވަހު ޝާއިއުކުރި އެންބީސީ ނިއުސްގެ ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ ބަޔަކު ބޭނުންވަނީ 2024 ވަނަ އަހަރު އެ ދެބޭފުޅުންކުރެ އެއްވެސް ކެންޑިޑޭޓަކު ވާދަ ނުކުރުމަށެވެ.
މިހާރުގެ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ބައިޑަން އަށް ޑިމޮކްރެޓިކް ޕާޓީގެ އިސްބޭފުޅުންގެ ތާއީދު ލިބޭނެއިރު، އޭގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސްގެ ޕްރައިމަރީ ޗެލެންޖަކާ ޓްރަމްޕަށް ކުރިމަތިލާން ޖެހިފައިވާއިރު، ޑިސަންޓިސް އަދި ކެންޑިޑެސީ އިއުލާނު ކޮށްފައި ނުވި ނަމަވެސް، ބައެއް ޕޯލްތަކުން ދައްކާ ގޮތުގައި ގަވަރުނަރު ވަނީ ޓްރަމްޕަށް ވުރެ ކުރި ހޯއްދަވައިފައެވެ.
މި ލިއުމާއި ގުޅޭ