މޫސުމީ ބަދަލުތަކާއި ގުޅޭ މަޝްރޫއުތަކަށް ހޯދާ ކްލައިމެޓް ޗޭންޖް ފަންޑް ގާއިމްކުރުމަށް ކޮމޮންވެލްތުން ދިވެހިރާއްޖެއަށް އެޑްވައިޒަރަކު އައްޔަންކޮށްފިއެވެ.
އެ މަގާމަށް ކޮމޮންވެލްތުން އައްޔަންކުރީ އިންޑިއާ ނަސްލުގެ އެމެރިކާ ބޭފުޅެއްކަމަަށްވާ ސަގަރު ސްރީޖަން ޖޯޝީއެވެ.
ތިމާވެށީގެ ވުޒާރާއާއި ގުޅިގެން އެބޭފުޅާގެ މަސައްކަތް ކުރައްވަން ހަމަޖެހިފައިވާއިރު، އެބޭފުޅާގެ މައި ޒިންމާތަކަކީ މޫސުމީ ބަދަލުތަކާއި ގުޅޭ އެކިއެކި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުަގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކާއި އަދި މުއައްސަސާތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމާއި އަދި ކްލައިމެޓް ޗޭންޖް ފަންޑް ގާއިމްކުރުމަށްފަހު އިތުރަށް ތަރައްގީ ކުރާނެ ސްޓްރެޓެޖީ ފަރުމާކުރުމަށްކަމަށް ކޮމޮންވެލްތުން ބުންޏެވެ.
ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ގައުމުތަކުގައި މޫސުމީ ބަދަލުތަކާއި ގުޅޭ ފަންޑް ގާއިމްކުރާ ކޮމޮންވެލްތުގެ ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން ރާއްޖެ ފިޔަވާ ސީޝެލްސްއަށާއި، އަދި ނަައުރޫއަށް ކްލައިމެޓް ފަންޑް ގާއިމް ކުރުމަށް އެޑްވައިޒަރުން ހަަމަޖެއްސިއެވެ.
ހަމައެއާއިއެކު، ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން މި އޭޕްރިލް މަހުގެ ނިޔަލަށް އެފްރިކާ، ކެރިބިއަން، އަދި ޕެސިފިކްގެ ކޮމޮންވެލްތު ގައުމުތަކަށް ޖުމްލަ 18 އެޑްވައިޒަރުން ހަމަޖެއްސިއެވެ. އަދި 14 އެޑްވައިޒަަރުން މިހާރު ކްލައިމެޓް ފަންޑް ތަރައްގީ ކުރުމުަގައި އެކި ގައުމުތަކުގައި މަސައްކަތް ކުރަމުން އަންނަކަމަށް އެ މުއައްސަަސާއިން ބުންޏެވެ.
ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުގެ ސަބަބުން ކޮމޮންވެލްތު ގައުމުތަކުގައި ހިންގާ 67 މަޝްރޫއުއަކަށް 250 މިލިއަން ޑޮލަރު ހޯދިކަމަށް އެ މުައައްސަސާއިން ބުންޏެވެ.