Wednesday 29th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ!

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓުތަކެއްގައި ހާމަކޮށްފައިވާގޮތުގައި މިއަދު ދެ ވަގުތެއްގައި މާލޭގެ ހަތަރު ސަރަހައްދަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އެ ކުންފުނިން ކަރަންޓު ކެނޑޭނެ ކަމަށް ލަފާ ކޮށްފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީއެވެ.

އެގޮތުން މިއަދު ހެނދުނު 10:00 އިން 11:30 އަށް ގަލޮޅުގެ ރެހެންދި ހިނގުމާއި، އަމީނީމަގު އަދި ބުރުޒުމަގާއި، ރާދަފަތި ހިނގުމުގެ އިތުރުން ލޮނުޒިޔާރަތްމަގު ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށާއި ހަމަ އެ ވަގުތުގެ ތެރޭގައި މާފަންނުގެ ކަނބާއައިސަރަނި ހިނގުމާއި، ބުރުޒުމަގު އަދި ޝަހީދު އަލީ ހިނގުމުން ވެސް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން މިއަދުގެ މެންދުރު ފަހު 1:00 އިން 2:30 އަށް ގަލޮޅު އަދި ހެންވޭރުގެ މަޖީދީމަގާއި، ޝަބުނަމް މަގާއި، ކަރަންކާމަގާއި، އަބަދަށްފެހި މަގުގެ އިތުރުން، ހަދީބީމަގާއި ސޯސަން މަގުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވޭކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި ހަމަ އެވަގުތުގެ ތެރޭގައި މައްޗަންގޮޅީގެ ޗާންދަނީ މަގާއި، އިސްކަންދަރު މަގު އަދި ދެވިނަ މަގާއި، ނިކަގަސްމަގުގެ އިތުރުން ދިލްބަހާރު މަގުން ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯއިން ވަނީ އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

މި ލިއުމާއި ގުޅޭ