Friday 21st Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢުމްރާ

އުމްރާ ކުރުމަށް ގޮސްއުޅުނު ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން އުމްރާ ކުރުމަށް ގޮސް އުޅުނު އުމުރުން 83 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުުރުން 83 އަހަރުގެ، ގއ.ކޮލަމާފުށީ ގަސްދޮށުގެއަށް ނިސްބަތްވާ މުހައްމަދު ޒަކީއެވެ.

މައްކާ ގަޑިން ރޭ ދަންވަރު 12:00 ހާއިރު ޒަކީ ނިޔާވެފައިވަނީ، މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަ ކުރުމަށް ފަހު އެ ދަތުރުގައި އިތުރު އުމްރާއެއް ކުރުމަށް މަދީނާގެ މިގާތު ޒުލް ހުލައިފާން އިހްރާން ބަނދެގެން މައްކާގެ ހޮޓަލަށް ދިޔަތާ އެހާ ގިނަ އިރެއް ނުވަނީސްކަމަށް، ޒަކީގެ އުމްރާގެ ކަންކަން ހަމަޖައްސައިދިން އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގުރޫޕްއިން ބުންޏެވެ.

ޒަކީގެ ޖަނާޒާގެ ކަންކަން ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި އަދި އެހެން ބޭފުޅުން ގުޅިގެން ކުރަމުން އަންނައިރު، ޒަކީގެ އުމްރާ ދަތުރުގައި ޒަކީއާއި އެކު އޭނާގެ އަންހެނުންނާއި އަދި ދަރިންވެސް ބައިވެރިވިއެވެ. ހަމައެއާއިއެކު ޒަކީގެ ދެ ދަނބިދަރިންވެސް އެ ދަތުރުގައި ބައިވެރިވިއެވެ.

މި ލިއުމާއި ގުޅޭ