Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

ވެމްކޯއިން ކޮތަޅު ވިއްކާތީ ސަލީމްގެ ފާޑުވިދާޅުވުން ސަރުކާރަށް!

ސަރުކާރު ކުންފުނި ވެމްކޯއިން ކޮތަޅު ވިއްކަން ތައްޔާރުވުމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ސަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވެމްކޯއިން ކުނި އަޅާ ކޮތަޅު ވިއްކަން ޖެހެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

އަދި އެ ކުންފުނިން ވިއްކަން އުޅޭ ކޮތަޅު ހިލޭ ދިނުމަށްވެސް ސަލީމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ވެމްކޯއިން ކުނި އުކައިދެނީ ވަރަށް ބޮޑު އަގުގައިކަމަށާއި އެހެންކަމުން ކޮތަޅުން އަގު ނެގިގެން ނުވާނެކަމަށެވެ. އަދި މީގެ ދުވަސް ކޮޅެއް ކުރިން ކުނި އުކާ އަގު ވެމްކޯއިން ދެގުނަ ބޮޑު ކުރިކަން ފާހަގަކުރައްވާ ސަލީމް ވަނީ އަދިވެސް ރައްޔިތުން ފެލަނީތޯ ސުވާލު އުފައްދަވާފައެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވާއިރު ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނިން ކޮތަޅު ވިއްކަން ފަށާނެ ކަމަށާއި އެ ކޮތަޅުން 2ރ.ގެ ޓެކްސް ނުނަގާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ކޮތަޅު ވިއްކާ އަގު އަދި ނުނިންމާކަމަށާއި ފަހުން އެކަން އިއުލާން ކުރާނެ ކަމަށެވެ.
ވެމްކޯއިން ބުނިގޮތުގައި އެ ކުންފުނިން ވިއްކާނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅެވެ. އެއީ 11 17، 18 27، 36 އަދި 48 އިންޗީގެ ކޮތަޅުކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އެ ކުންފުނިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގާއިމްކޮށްފައިވާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރޮންޓް އޮފީސްތަކުން ކޮތަޅު ލިބޭނެކަމަށާއި އެ ކޮތަޅުތައް ހަމައެކަނި ކުނިއުކާލުމަށް ބޭނުންކުރުމަށްވެސް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން ކުނި އުކާލުމުގައި ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެ ދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކުރުމަށާ އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެސް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ