Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލަމަފޯބިއާ

ފުލުހުންނަށް ނުހޯދުނު، ކެޔޮދޫ މިސްކިތުގެ ޚަތިމުތަކަށް ގެއްލުންދޭ މީހާ އާންމުން ވެގެން ހޯދައިފި

ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގާއިމުކުރުމަށް ގާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާއަށް ނުހޯދުނު، ވ. ކެޔޮދޫ މިސްކިތުގައި ހުންނަ ޚަތިމުތަކަށް ގެއްލުންދޭ މީހާ އެރަށު އާންމުން ވެގެން ހޯދައި ރޭ ފުލުހުންނާ ހަވާލުކޮށްފިއެވެ.

ދެފަހަރެއްގެ މަތިން އޭނާ ވަނީ މިސްކިތުގެ ޚަތިމްތަކެއް ވީދާލައިފައެވެ. އެގޮތުން ދެފަހަރުމަތިން 30 ހަކަށް ޚަތިމު އޭނާ ވަނީ ވީދާލައިފައެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުންނަށް އެމީހާ ހޯދުނު ކަމަކަށް ނުވިއެވެ.

އެމީހާ އަތުލައިގަތީ ރޭގެ ވަގުތެއްގައި މިސްކިތް ކައިރީގައި އުޅޭ ޒުވާނެކެވެ. އެޒުވާނާ ބޭރަށް ނުކުތް ވަގުތު ބިއްލޫރިގަނޑެއް ތަޅައިގެންދިޔަ އަޑު އިވިގެން ކިހިނެއް ވެގެން އުޅޭ ކަމެއްތޯ ބެލިއިރު، މިސްކިތަށް ގެއްލުން ދިނުމަށްފަހު މީހަކު މިސްކިތުން ނުކުމެގެން ދަނީއެވެ. އެވަގުތު އޭނާ ހިފަހައްޓައި ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

އެރަށު މީހުން ބުނާ ގޮތުގައި އެމީހާ އަކީ މީގެ ކުރިން ކުރިން ވަރަށް ރަނގަޅަށް އުޅެމުން އައި މީހެކެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ އިސްލާމް ދީން ދެކެ ވަރަށް ރުޅި އަންނަ ކަހަލަ ވާހަކަތަކެއް ދައްކާ ކަމަށް އެރަށު މީހުން ބުނެއެވެ.

ރައްޔިތުން ނިކުމެ އެމީހާއާ ދެކޮޅަށް ޝުއޫރު ފާޅު ކުރަން ފެށުމުން ފުލުހުން ވަނީ އޭނާއަށް ހިމާޔަތްދީ އެ އަތޮޅު ފެލިދުއަށް ގެންގޮސްފައެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އާދިއްތަ ދުވަހު ވިދާޅުވީ 600 އެއްހާ އާބާދީއެއް ދިރިއުޅެމުން އަންނަ ކެޔޮދޫގެ މިސްކިތުގައި ހުރި ޚަތިމުތައް އެންމެ ފުރަތަމަ ވީދާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެފަހަރު 10 ވަރަކަށް ޚަތިމް ވީދާލިއެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެމައްސަލަ ބެލުމަށްފަހު އެކަން ކުރި މީހަކު ނުވަތަ ބަޔަކު އެނގިފައި ނުވާކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއްކާ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމު ވީދާލާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމުން އެކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

އެމީހާ ނުހޯދި 24 ގަޑި އިރު ރައްޔިތުން އޭނާ އަތުލައިގަނެފައި މިވަނީ އަނެއްކާވެސް މިސްކިތުގެ ބިއްލޫރިތައް ތަޅާލުމުންނެވެ.

މިފަދަ ކަންކަމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހިނގައިގެން ވާނެ ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ހޯދާ އެކަންކަން ކުރާމީހުންނަށް ހައްގު އަދަބު ދިނުމަކީ ދައުލަތުގެ މައްޗަށް މަތިވެފައިވާ ވާޖިބެކެވެ. ނަމަވެސް އިސްލާމްދީނާ ގުޅުންހުރި މައްސަލަތަކުގައި މިސަރުކާރުން މާބޮޑު ސަމާލުކަމެއް ދޭތަނެއް މިހާތަނަށް ފެންނާކަށް ނެތެވެ.
މި ލިއުމާއި ގުޅޭ