Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މާލޭގެ ހޫނުމިން ގަދަވެ، ރެކޯޑު މިންވަރަކަށް ކަރަންޓު ބޭނުންކޮށްފި

މާލެ ސަރަހައްދުގެ ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސް ރެކޯޑު މިންވަރަކަށް ކަރަންޓު ބޭނުންކޮށްފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި އާންމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވުމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ މި އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރުކަމަށް މެޓު އޮފީހުން ބުނެފައިވަނިކޮށް މާލެ ސަރަހައްދުގެ އެވްރެޖް ޕަވާ ޔޫސޭޖު ނުވަތަ ހަކަތަ ބޭނުންކުރާ އެވެރެޖު މިންވަރު ރެކޯޑު މިންވަރަކަށް މަތިވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި 24 އޭޕްރީލް 2023 ވަނަ ދުވަހުގައި މެންދުރު 14:00 ގައި ޕީކްލޯޑު 102 މެގަވޯޓަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އެއާއެކު ހުރިހާ އެންމެންވެސް ކަރަންޓު އިޤުތިޞާދުކުރުމަށް ސަމާލުކަން ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކުރިއެވެ.

އެގޮތުން ސްޓެލްކޯއިން އިލްތިމާސްކޮށްފައިވަނީ ގޭބީސީތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކާއި، ސުކޫލުތަކާއި، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށެވެ.

އަދި ގޭބީސީތަކުގެ ކަރަންޓު ބިލުގެ 40 އިންސައްތަ ހިއްސާކުރަނީ ފިނިކުރަން ބޭނުންކުރާ އެއާކޮންޑިޝަން ފަދަ އާލާތްތައްކަަން ދިރާސާތަކުން ފެންނާތީ، ހުރިހާ އެންމެންވެސް 25 ޑިގުރީ ސެލްސިއަސްއަށްވުރެ ދަށް ނުވާނެހެން އެއާކޮންޑިޝަން ބަހައްޓަން ސްޓެލްކޯއިން އިލްތިމާސްކުރިއެވެ.

ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި ބޭނުންކުރަންޖެހޭ ކަރަންޓު އާލަތްތައްފިޔަވައި، އިތުރު އާލަތްތައް މިދުވަސްވަރު ބޭނުންނުކުރުމަށްވެސް އެ ކުންފުނިން އެދެއެވެ.

މި ލިއުމާއި ގުޅޭ