Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

ބުރާސްފަތި ދުވަހުން ފެށިގެން ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކަނީ

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުނި އުކާލުމަށް ބޭނުންކުރާ ކޮތަޅު ވިއްކާނެކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނިން ކޮތަޅު ވިއްކަން ފަށާނެ ކަމަށާއި އެ ކޮތަޅުން 2ރ.ގެ ޓެކްސް ނުނަގާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ކޮތަޅު ވިއްކާ އަގު އަދި ނުނިންމާކަމަށާއި ފަހުން އެކަން އިއުލާން ކުރާނެ ކަމަށެވެ.

ވެމްކޯއިން ބުނިގޮތުގައި އެ ކުންފުނިން ވިއްކާނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅެވެ. އެއީ 11 17، 18 27، 36 އަދި 48 އިންޗީގެ ކޮތަޅުކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އެ ކުންފުނިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގާއިމްކޮށްފައިވާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރޮންޓް އޮފީސްތަކުން ކޮތަޅު ލިބޭނެކަމަށާއި އެ ކޮތަޅުތައް ހަމައެކަނި ކުނިއުކާލުމަށް ބޭނުންކުރުމަށްވެސް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން ކުނި އުކާލުމުގައި ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެ ދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކުރުމަށާ އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެސް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ