Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ކެޔޮދޫ މިސްކިތުގަ ހުރި ޚަތިމުތައް އަނެއްކާ ވެސް ވީދާލައިފި

ވ. ކެޔޮދޫ މިސްކިތުގަ ހުރި ޚަތިމުތައް ރޭ އަނެއްކާ ވެސް ވީދާލައިފި އެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ 600 އެއްހާ އާބާދީއެއް ދިރިއުޅެމުން އަންނަ ކެޔޮދޫގެ މިސްކިތުގައި ހުރި ޚަތިމުތައް އެންމެ ފުރަތަމަ ވީދާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެފަހަރު 10 ވަރަކަށް ޚަތިމް ވީދާލިއެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެމައްސަލަ ބެލުމަށްފަހު އެކަން ކުރި މީހަކު ނުވަތަ ބަޔަކު އެނގިފައި ނުވާކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއްކާ ރޭގެ ވަގުތެއްގައި މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމު ވީދާލާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަނެއްކާ ވެސް މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ކައުންސިލް ރައީސް "ދިޔަރެސް"އަށް ވިދާޅުވިއެވެ. އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ކަންކަމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހިނގައިގެން ވާނެ ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ހޯދާ އެކަންކަން ކުރާމީހުންނަށް ހައްގު އަދަބު ދިނުމަކީ ދައުލަތުގެ މައްޗަށް މަތިވެފައިވާ ވާޖިބެކެވެ. ނަމަވެސް އިސްލާމްދީނާ ގުޅުންހުރި މައްސަލަތަކުގައި މިސަރުކާރުން މާބޮޑު ސަމާލުކަމެއް ދޭތަނެއް މިހާތަނަށް ފެންނާކަށް ނެތެވެ.

މި ލިއުމާއި ގުޅޭ