ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ މަރިޔަމް ރޫޔާ އަލީ ގައުމީ އަންހެން ޖޫނިއާ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފިއެވެ.
ރޫޔާ މުގުރާލާފައިވަނީ 22 އަހަރުވީ ގައުމީ ރެކޯޑެކެވެ. ރޫޔާ ރިކޯޑް ހަދާފައިވަނީ ޖެމެއިކާގެ ކިންގްސްޓަންގައި ކުރިޔަށް ދިޔަ "ވެލޯސިޓީ ފެސްޓް" މުބާރާތުގައެވެ. އެގޮތުން ރޫޔާގެ ޓައިމިން އަކީ 12.21 ސިކުންތެވެ.
މީގެ ކުރިން އެ ރޭހުގެ ޖޫނިއާ ރެކޯޑް އޮތް ޝަމްހާ އެ ރެކޯޑް ހަދާފައިވަނީ 12.27 ސިކުންތުންނެވެ. އެހެންކަމުން ރޫޔާ ޝަމްހާގެ ރެކޯޑް މުގުރާލާފައިމިވަނީ 0.6 ސިކުންތުގެ ކުރިއެރުމަކާ އެކުގައެ
ގައުމީ އަންހެން ޖޫނިއާ 100 މީޓަރުގެ ރެކޯޑް ރޫޔާ ކާމިޔާބުކޮށްފައިވާއިރު ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ވެސް އޮތީ ރޫޔާ އަތުގައެވެ.