Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިހަވަންދޫ

އިހަވަންދޫގައި މެދުނުކެނޑި 40 ދުވަހު ޖަމާއަތުގައި ނަމާދު ކުރާ ކުދިންނަށް ޚާއްސަ ހަދިޔާއެއް

މެދުނުކެނޑި 40 ދުވަހު ޖަމާއަތުގައި ނަމާދުކުރާ ކުދިންނަށް އިނާމުގެ ގޮތުގައި ބައިސްކަލެއް ދޭން ހއ. އިހަވަންދޫގެ އިމާމުން ނިންމައިފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މިކަމަކީ އެރަށު ކުދިން ނަމާދަށް ފަރުވާތެރިކޮށް އަހުލުވެރި ކުރުމުގެ ގޮތުން އެރަށު މަސްޖިދުލް ތައާވުންގެ އިމާމުން އިސްނަގައިގެން ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމުގެ މަގުސަދަކީ ރޯދަމަސް ނޫން އެހެން މަސްތަކުގައި ޖަމާއަތަށް ދާ ކުދިން މަދުކަން ފާހަގަ ކުރެވޭތީ، ޚާއްސަކޮށް ފަތިސްނަމާދުގެ ޖަމާއަތުގައި ކުޑަކުދިން މަދުވުމުން އެކުދިން ނަމާދަށް ޝައުގުވެރި ކުރުވަން އިމާމުން ފެށި ޕްރޮގްރާމެއް ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ފެށުމަށް ހަޖެހިފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ. އެގޮތުން މެދު ނުކެނޑި 40 ނަމާދު ޖަމާއަތުގައި ހަމަކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއް ދޭއިރު، އަދި ބައިސްކަލްގެ އިތުރުން ކޮންމެ 10 ދުވަހަކުން ބަރާބަރަށް މިސްކިތަށް އައިސް ނަމާދު ކުރާ ކުދިންނަށް ވެސް ހަދިޔާ ލިބޭނެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބައިސްކަލް ލިބޭނީ ގްރޭޑް އެކަކުން ހަތަކާއި ދެމެދުގެ ގްރޭޑްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. ކައުންސިލުން ބުނެފައިވަނީ މިއީ އަދި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ވެސް މިފަދަ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.

ތިން ހާހަށްވުރެ ގިނަ މީހުންގެ އާބާދީ އޮންނަ އިހަވަންދޫގައި ފަސް މިސްކިތް ހުރެއެވެ.

މި ލިއުމާއި ގުޅޭ