Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ކޮތަޅުން ނަގަމުން އައި އަގު ނެގުން ރެޑްވޭވްއިން ހުއްޓާލައިފި

ރެޑްވޭވުން ވިޔަފާރި ކުރުމުން މުދާ އަޅާފައި ދޭ ފޮތި ކޮތަޅުން އަގު ނެގުން އެފިހާރައިން ހުއްޓާލައިފި އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ބަދަލު ގެނައި ބަދަލާއެކު ޕްލާސްޓިކް ކޮތަޅުން 2ރ. ނެގުމަށް ނިންމުމުން ރެޑްވޭވުން ވިއްކާ މުދާ އަޅާފައި ދެނީ ފޮތި ކޮތަޅަށެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުމާ އެކު، ރެޑްވޭވުން ވެސް ކޮތަޅަކުން 1ރ.ގެ އަގެއް ނަގަން ފެށި އެވެ.

ޕްލާސްޓިކް ކޮތަޅުން 2ރ. ނަގަން ފެށުމާއެކު ފޮތި ކޮތަޅަށް ޑިމާންޑު އިތުރުވި ކަމަށް އެފިހާރައިން ބުންޏެވެ.

ރެޑް ވޭވް އިން ބުނީ ކަސްޓަމަރުންގެ ޝަކުވާތަކަށް ބެލުމަށްފަހު، ކޮތަޅު އުފައްދަން ދާ ހަރަދު ފޫބެއްދުމަށް ނަގަން ކުރިން ނިންމާފައިވާ 1ރ. ނެގުން އިއްޔެއިން ފެށިގެން ހުއްޓާލާފައިވާ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުގެ ފޮތި ކޮތަޅަކީ ވަރުގަދަކޮށް، ދެ ވަނަ ފަހަރަށް ވެސް ބޭނުންކުރެވޭނެހެން އުފައްދާފައިވާ ކޮތަޅެކެވެ.

މި ލިއުމާއި ގުޅޭ