Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ސަރުކާރުން ދަނީ ސިލްސިލާކޮށް ޤާނޫނާ ޚިލާފު ވަމުން: ސައީދު

ސަރުކާރުން ދަނީ ސިލްސިލާކޮށް ޤާނޫނާ ޚިލާފު ވަމުން ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުގެ ދަރަނި 3 ބިލިއަނަށް އަރައިފިކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދެއްކުމާއި ގުޅިގެން ސައީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮވެ ރައްޔިތުން އިތުރުޓެކްސްދޭން މަޖުބޫރު ކުރަމުންދާ ކަމަށެވެ.

ވެރިކަން ދިނުމަށް ފަހު ރައްޔިތުން އެދުނީ ބޭކާރު ޚަރަދުތައް ނުކުރުމަށް ކަމަށް ސައީދު ވިދާޅުވިއެވެ. ސަރުކާރާއި ރައްޔިތުންވެސް ޖެހެނީ ހަމަ އެއްޤާނޫނަކަށް ބޯލަނބަން ކަމަށް ސައީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު ޝާއިއުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ހިސާބަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ އިތުރަށް ޖުމްލަ 2.9 ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

މިއާއެކު ރައްޔިތުން އަތުން ނަގާ ޓެކްސް މިވަނީ އެތައް ގުނައަކުން ބޮޑުކޮށްފައެވެ. ޓެކުސް ނަގާ ރޭޓު ބޮޑުކުރާ ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ ބަޖެޓުގެ ދަރަނި ކުޑަކުރުމެވެ. ނަމަވެސް ޚަރަދު ކުޑަކުރަން ތަންފީޒުކުރާނެކަމަށް ސަރުކާރުން ބަޖެޓުގައި ހިމެނި އެއްވެސް ސިޔާސަތެއް ތަންފީޒުނުވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި ކުޑަނުވެ އަންނަނީ އިހުނަށްވުރެ ބޮޑުވަމުންނެވެ.

އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ދައުލަތުގެ ދަރަނި ކޮންޓުރޯލުނުވާ މިންވަރަށް މަތިވެ ރާއްޖޭގެ އިޤުތިޞާދަށް ނުރައްކާތަކެއް ކުރިމަތިވުމުގެ އިހުތިމާލު އޮތްކަން ވޯލްޑް ބޭންކާއި އެނޫންވެސް މާލީ އިދާރާތަކުން ފާހަގަކުރެއެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރާ ކޮންމެ ފަހަރަކުވެސް ސަރުކާރުން ބުނަމުން އަންނަނީ އިޤުތިޞާދީ ހާލަތު އޮތީ ރަނގަޅަށް ކަމަށާއި، ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ދިވެހި އިޤުތިޞާދުގައި ނެތް ކަމަށެވެ.
މި ލިއުމާއި ގުޅޭ