Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

އިންޑިޔާ އައުޓް ހުއްޓުވުމަށް ގަރާރު ނެރެވުނު، ކޮތަޅު މައްސަލަ މަޖިލިސް ބޮލަށް ކަނޑާނުލާ: މޮސްޓާ

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިޔާ އައުޓް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގަރާރު ނެރެވުނުއިރު، ކޮތަޅު މައްސަލަ މަޖިލިސް ބޮލަށް ކަނޑާނުލުމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސަރުކާރަށް ގޮވާލައްވައިފިއެވެ.

މޮސްޓާ މިހެން ވިދާޅުވެފައި މިވަނީ، ވިޔަފާރި ކުރާ ތަންތަނުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީ ނަގާ އިރު، ކޮތަޅު ބޮނޑިއަކުން 200 ރުފިޔާ އިތުރުވާ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށާއި އެ ހައްލު ލިބޭނީ ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހް ފާސްވުމުން ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނުމާއި ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި މޮސްޓާ ވިދާޅުވީ މަޖިލިހަކީ %100 ސަރުކާރުން ކޮންޓްރޯލް ކުރާތަނެއް ކަމަށާއި، ރައްޔިތުންނަށް ހެވެއްއެދިގެން ކަމެއް ކޮށްދޭނެ އިހުލާސްތެރިކަން ހުރިނަމަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވެސް އެކަން ކުރައްވާނެ ކަމަށެވެ.

އިންޑިޔާ އައުޓް ހުއްޓުވުމަށް ގަރާރު ނެރެވުނު މިކަން ކުރަން ވީމަ ފަހަތަށް ނުޖެހޭ
މޮސްޓާ

ޕްލާސްޓިކް ކޮތަޅު ވިއްކާ އިރު ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއް ވިއްކާ އަގު މި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 100 ކޮތަޅު ހުންނަ ބޮޑިއަކުން 200 ރުފިޔާ އިތުރިވެފައިވާ އިރު މިކަމާ އާންމުންގެ ޝަކުވާތައް އިތުރުވެ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި ކަމާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމްނާފައި ކަމަށެވެ. ނަމަވެސް އެ ބިލް މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ ވަނީ އުނިކޮށްފައި ކަމަށެވެ.

އެ މާއްދާ އުނިކޮށްފައި ވީ ނަމަވެސް އެ ބިލަކީ ކުނީގެ ހިދުމަތް ދިނުމަށް މުހިއްމު ބިލަކަށް ވާތީ ސަރުކާރުން ނިންމީ އެ ބިލު ތަސްދީގު ނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދަން ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ގޮތުން ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގު ބޮޑު ވި މައްސަލަ ހައްލު ކުރެވޭ ގޮތަށް ވާނީ މިދިޔަ މާޗް މަހު މަޖިލީހަށް އިސްލާހް ހުށަހަޅާފައި ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި އެ އިސްލާހް ފާސްވުމުން އެ މައްސަލަލައަށް ހައްލު ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނާއިރު މީގެ ކުރިން ވެސް އެ ބިލުގައި އޮތީ އެގޮތަށް ކަން އެނގި އެކަން ރަގަޅު ނުކޮށް ތަސްދީގު ކުރެއްވުމުން ރައީސް އިބްރާހިމް އަށް ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މި ލިއުމާއި ގުޅޭ