ހިންމަފުށި ފަޅުގައި އޮތް ލޯންޗެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ މިރޭ 18:30 ހާއިރު ކަމަށެވެ.
ހިންމަފުށި ކައުންސިލު މެދުވެރިކޮށް މަޢުލޫމާތު ހޯދުމުން ރޯވީ އެރަށު ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި ކަމަށާއި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ މި ޙާދިސާގައި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.