Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިތުރު އީދު

މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި

މާދަމާއަކީ މި އަހަރުގެ ފިޠުރު ޢީދު ދުވަސްކަން އިސްލާމިކް މިނިސްޓްރީން މިރޭ އިއުލާނުކޮށްފިއެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު، އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އިއްވެވި ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދު އިރުއޮއްސުނު ވަގުތު ރާއްޖެއާއި އިސްލާމީ ހުރިހާ ޤައުމަކަށް ޝައްވާލު މަހުގެ ހަނދު ފެންނާން ހުންނާނެކަމަށް އިތުބާރު ހިފޭ ފަލަކީ ހިސާބުން ފެންނަ ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވާކަން ރަސްމީކޮށް އެނގިފައިވާ ކަމަށެވެ.

މާދަމާއަކީ އީދުކަން އިއުލާނުކޮށްފައިވާއިރު ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ހޮނިހިރުދުވަހާއި، އާދީއްތަދުވަސް ބަންދުވާނެކަން ސަރުކާރުން އިއުލާނުކޮށްފައިވެއެވެ.

ފިޠުރު ޢީދު ދުވަހުގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި އޮންނާނެކަން އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވަނީ އިއުލާނުކޮށްފައެވެ.

މި ލިއުމާއި ގުޅޭ