Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖަހަންދެން

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއަށް ކަމަށް އިިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިހާރު އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަންނާނީ ހަމައެކަނި ފިނޭންސް މިނިސްޓްރީގެ "ބަނޑޭރިޕޭ" ޕޯޓަލް އިންނެވެ.

ރަމަޟާން މަސް ފެށުމާއެކު ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމްތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން އޮންލައިންކޮށް ޒަކާތް ދެއްކުން ރޯދަ މަހުގެ 27 ވަނަ ދުވަހު ވަނީ މެދުކަނޑާލާފަ އެވެ.

ބަނޑޭރިޕޭ މެދުވެރިކޮށް މިއަދުގެ 18:00 އަށް ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ.

ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާން މަހުގެ ފަހު ދުވަހުގެ 17:30 އާ ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުންނެވެ. އަދި ގޮވާމުން ފިތުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30 އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލުގަ އެވެ.

މި ލިއުމާއި ގުޅޭ