Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

ކައިރި މުސްތަގުބަލެއްގަ ކޮތަޅުގެ އަގުގެ މައްސަލައަށް ހައްލެއް ލިބިދާނެކަމާމެދު ޝައްކު: އުޝާމް

މިފެށޭ ހަފްތާގަ މަޖިލިސް 15 ދުވަހުގެ ރިސެސްއަކަށް ދާއިރު ކައިރި މުސްތަގުބަލެއްގަ ކޮތަޅުގެ އަގުގެ މައްސަލައަށް ހައްލެއް ލިބިދާނެކަމާމެދު ޝައްކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކޮތަޅުން ޖީއެސްޓީ ނަގަން ފެށުމާއެކު ރައްޔިތުން ރަތަށް އަރައި ސަރުކާރަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ރޭ ނެރުނު ބަޔާނުގައި، ކޮތަޅު ބޮނޑިން ޓެކްސް ނުނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލްގެ އިސްލާހު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އިސްލާހު މަޖިލީހުން ފާސްވުމުން މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ މި ބަޔާނަށް ރައްދު ދެއްވައި އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ގާނޫނު 18 ޑިސެމްބަރު 2022 ގަ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވިއިރުވެސް އޭގެ 4 މަސްފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ 27 މާޗް 2023 ގައި ކަމަށެވެ.

"މިސަރުކާރު ސްލޯކަމުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ"
އުޝާމް

އުޝާމް ވިދާޅުވީ މިބިލްގެ އިބްތިދާއީ ބަހުސްވެސް އަދި ނުފެށޭ ކަމަށެވެ. އެހެންކަމުން މިފެށޭ ހަފްތާގަ މަޖިލިސް 15 ދުވަހުގެ ރިސެސްއަކަށް ދާއިރު ކައިރި މުސްތަގުބަލެއްގަ ކޮތަޅުގެ އަގުގެ މައްސަލައަށް ހައްލެއް ލިބިދާނެކަމާމެދު ޝައްކު އުފެދޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރި ކުނި މޭނޭޖް ކުރުމުގެ ބިލު، ގާނޫނަކަށްވެ، މި މަހުގެ 18ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ވަނީ ފަށައިފަ އެވެ.

އެ ބަދަލާ އެކު ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރު ކުރާ އިރު ވެސް ކޮތަޅުން ޓެކްސް ނަގަމުން މިހާރު އެބަދެ އެވެ. އެއާ އެކު ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ބޮޑުވެފައިވާތީވެ، އާންމުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މި ލިއުމާއި ގުޅޭ