Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ސަރުކާރަށް ފާޑުވިދާޅުވާ 4 ބޭފުޅަކު ކޮމިޓީތަކުގެ މުޤައްރިރުކަމުން ވަކިކުރަނީ

ސަރުކާރަށް ފާޑުވިދާޅުވާތީ ރައްޔިތުންގެ މަޖިލީހުގެ 4 ކޮމިޓީއެއްގެ މުޤައްރިރުން ބަދަލުކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަފާތެރި މެންބަރަކު "ދިޔަރެސް"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ފިކުރެއްގެ ދިރުން ހަރަކާތުގައި އިސްކޮށް އުޅުއްވާ 4 ބޭފުޅަކު މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުކަމުން ވަކިކުރަން ޕާލިމަންޓަރީ ގުރޫޕުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕާލިމަންޓަރީ ގުރޫޕުގެ ޤަވާއިދާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައި މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުކަމުން ވަކިކުރަނީ އެޕާޓީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، އެ ޕާޓީގެ ކުރީގެ ތަރުޖަމާން މާފަންނު އުތުރު ދާއިރާގެ މެންބަރު ޙަސަން ލަތީފާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.

އިމްތިޔާޒަކީ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރެވެ. ޙަސަނަކީ އާންމު ކޮމިޓީގެ މުޤައްރިރަށްވާއިރު އިލްޔާސަކީ އެސްއޯއީ ކޮމިޓީގެ މުޤައްރިރެވެ. ޔާސިރު ހުންނެވީ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގެ މުޤައްރިރުކަމުގެ މަޤާމުގައެވެ.

މި ބޭފުޅުން ކޮމިޓީތަކުގެ މުޤައްރިރުކަމުން ވަކިކުރުމާއެކު، އެ ބޭފުޅުންނާމެދު ފިޔަވަޅުއެޅުމަށް އެމްޑީޕީގެ ސުލޫކީ ކޮމިޓީއަށް ފޮނުވަންވެސް ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވެއެވެ.

މި ހަތަރު ބޭފުޅުންނަކީވެސް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ އަރިސް އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންނެވެ. އަދި އެ ބޭފުޅުންނަކީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ އެންމެ އިސް ސަފުގައި މަސައްކަތްކުރެއްވި ބޭފުޅުންނެވެ.

ނަޝީދާ އަރިސް ބައެއް ބޭފުޅުން މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުކަމުން ވަކިކުރަން ނިންމާފައިވާއިރު، އެމަނިކުފާނާއި ކޮއްކޯފުޅު އީވާ މަޖިލީހުގެ ރައީސްކަމާއި ނައިބުރައީސްކަމުން ވަކިކުރުމަށްވެސް ރައީސް އިބްރާހީމަށް ތާއީދުކުރައްވާ މެންބަރުން އަންނަނީ ގޮވައިލައްވަމުންނެވެ.

މި ލިއުމާއި ގުޅޭ