Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު

ރަސްދޫ 50 ހައުސިން ޔުނިޓްގެ މަސައްކަތް ނިމޭނެ ތާރީހެއް ނޭނގެ

އއ. ރަސްދޫގައި އަޅަން ނިންމާފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް ނިމޭނެ ދުވަހެއް ސަރުކާރުން ހާމަނުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދާއިރާގެ މެންބަރު ހަސަން ޝިޔާން ފިނޭންންސް މިނިސްޓަރު އިބްރާހީމް އަމީރާ ސުވާލު ކުރެއްވީ އެ މަޝްރޫއު ކޮންޓްރެކްޓަރާއެކު ސޮއިކުރެވޭނެ ތާރީހަކާއި، މި ދައުރު ނިމުމުގެ ކުރިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެތޯއާއި، މުޅި މަޝްރޫއު ނިމި އެތަނުގައި މީހުންނަށް ދިރިއުޅެން ފެށޭނީ ކިހާ ހިސާބެއްގައިތޯ އެވެ.

އެ ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި އަމީރު ވިދާޅުވީ އެ މަސައްކަތުގެ ބިޑު ހުޅުވައި އިވެލުއޭޓް ކުރެވި، ފަރާތަކާ ހަވާލު ކުރުމުގެ ކުރިން މިހާރު އޮތީ ނެގޯޝިއޭޓް ކުރުމުގެ މަރުހަލާގައި ކަމަށެވެ.

އަދި ނެގޯޝިއޭޓް ކުރުމުގެ މަސައްކަތްތައް ނިންމައި ފަރާތަކަށް އެވޯޑް ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހަކާއި، މަސައްކަތް ނިމޭނެ ތާރީހާ ގުޅޭގޮތުން ޖަވާބެއް ނުދެއްވި އެވެ.

ސަރުކާރުގެ މަޝްރޫއުތައް ފެންނަ ހުންނަ "އައިލްސް" ވެބްސައިޓުގައިވެސް ރަސްދޫ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފެށޭނެ އަދި ނިމޭނެ ތާރީހެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް، މި އަހަރާއި އަންނަ އަހަރުގެ ބަޖެޓުގައިވެސް އެ މަޝްރޫއު ހިމަނާފައި އެބަ އޮތެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރަސްދޫގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެތަންތަން ހަދާނީ ހަތަރު ފްލޯގެ ހައުސިން ޔުނިޓުތަކެއް ގޮތަށެވެ.
މި ލިއުމާއި ގުޅޭ