Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެކްސިކޯ

އެމެރިކާއިން އޭނާގެ ސަރުކާރަށް ޖާސޫސްކުރާކަމަށް މެކްސިކޯގެ ރައީސް ތުހުމަތުކުރައްވައިފި

އެމެރިކާގައި މިފަހުން ލީކުވި ސިއްރު ލިޔެކިޔުންތަކުގައި ހުރި ބައެއް މައުލޫމާތު ދައްކާގޮތުގައި މެކްސިކޯގެ ސަރުކާރައް އެމެރިކާއިން ޖާސޫސްކުރާކަމަށް އެގައުމުގެ ރައީސް އަންޑްރޭސް މެނުއެލް ލޯޕޭޒް އޮބްރަޑޯ ތުހުމަތުކުރައްވައިފިއެވެ.

ރައީސް އޮބްރަޑޯގެ އެ ތުހުމަތުތައް ބިނާކުރެއްވީ އެމެރިކާގެ ނޫސް މަޖައްލާއެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓްއިން، އެމެރިކާގައި ލީކްވެގެން އުޅޭ ސިއްރު ލިޔެކިޔުުންތަކުގައި އެގައުމުގެ އަސްކަރީ ބުރީފިންގްއެއްގައި ދެއްކި ވާހަކަތަކުގެ ރިކޯޑުގައި، މެކްސިކޯގެ ނޭވީއާއި އަދި އާމީ ދެމެދު ހަމަނުޖެހުންތަކެއް ހުރި ވާހަކަ ދައްކާފައިވާތީއެވެ. އެފަދައިިން ތުހުމަތުކުރެއްވުމުގެ އިތުރުން، ނޭޝަަަނަލް ސެކިއުރިޓީ ހިމާޔަތްކުރުމަށް މީގެފަހުން މެކްސިކޯގެ އާމްޑް ފޯސަސްއަކަށް ސިއްރު މައުލޫމާތު ހިއްސާއެއް ނުކުރާނެކަމަށް ރައީސް އޮބްރަޑޯ ނިންމެވިއެވެ.
"މީގެފަހުން ނޭވީއަކާއި ޑިފެންސް މިނިސްޓުރީއަކާއި ސިއްރު މައުލޫމާތު ހިއްސާއެއްނުކުރާނަން، އެއީ ޕެންޓަގޯންގެ ޖާސޫސްކުރުމުގެ ޝިކާރައަކަށް އަޅުގަނޑުމެން ވެފާވާާތީ"، ރައީސް އޮބްރަޑޯ ކޮންމެ ދުވަހަކުވެސް ދެއްވާ ނޫސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
ޕެންޓަގޯންގެ ތަރުޖަމާނެއް ވިދާޅުވާގޮތުގައި. އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްއާއި މެކްސިކޯގެ އާމީ އަދި ނޭވީ ދެމެދު "ވަރުގަދަ، އެއްބައިވަންތަކަމުގެ ޑިފެންސް ޕާޓްނާޝިޕެއް" ބާއްވާކަމަށާއި، އަދި ދެ ގައުމުންވެސް ގުޅިގެން އާންމު ގޮންޖެހުންތަކާއި ކުރިމަތިލާއިރު "ދެ ގައުމުގެ ސޮވެރެއިންޓީއާއި ފޮރެއިން ޕޮލިސީ އެޖެންޑާއަށް އިހުތިރާމްކުރާކަމަށް" ވިދާޅުވިއެވެ
ސިއްރު މައުލޫމާތުތައް ލީކުކޮށްލުމަކީ "ގަސްތުގައި ކުރި ކުށެއް" ކަމަށް ޕެންޓަގޯންއިން ބުނެފައިވާއިރު، މެކްސިކޯއިން ކުރި ތުހުމަތުތައް ބިނާވެފައި އޮތް ލިޔެކިޔުންތަކުގައި ހުރި ވާހަކަތަކުގެ މަސްދަރަކީ މެކްސިކޯގެ އޮފިޝަލުންކަމަށް ސާބިތުކޮށްދޭ އެއްެވެސް ހެއްކެއް އެ ލިޔެކިޔުންތަކުގެ ނެތްކަމަށް، އެ ރިޕޯޓް ޝައިއުކުރި ވޮޝިންގްޓަން ޕޯސްޓްއިން ބުންޏެވެ.
އެމެރިކާއިން ލީކުވި ސިއްރު ލިޔެކިޔުންތަކުގައި ހުރި އިންޓެލިޖެންސްއަކީ "އެއްވެސް ހާލަތެއްގައި ގަބޫލްނުކުރެވޭނެވަރުގެ އެބިއުސިވް، އޯވާބެއަރިންގް އިންޓްރޫޝަންއެއް" ކަމަށް ރައީސް އޮބްރަޑޯ ސިފަކުރެއްވިއެވެ. އިރުރަށް އެބޭފުޅާ ވިދާޅުވީ މިކަންކަމާއި ގުޅިގެން އެމެރިކާ ކުށްވެރިނުކުރިޔަސް، މުސްތަގުބަލުގައި "ގުޅިގެން މަސައްކަތް ކުރުމުގެ ޝަރުތުތަކެއް" ހަމަޖެއްސުމަށް މަޝްވަރާކުރައްވާނެކަމަށެވެ.
އެމެރިކާއިން ކުރާ ޖާސޫސުގެ އިތުރުން، މެކްސިކޯގެ ސަރުކާރުން ޕެގަސަސް ނަމަކަށް ކިޔާ ވަސީލަތެއް ބޭނުންކޮށްގެން ޖާސޫސްކުރާކަމުުގެ ތުހުމަތުތަކުގެ ރައްދުގައި ރައީސް އޮބްރަޑޯ ވިދާޅުވީ، އެބޭފުޅާގެ ސަރުކާރުން އެފަދަ ޖާސޫސީ ވަސީލަތް ބޭނުންނުކުރާކަމަށެވެ.
ނަމަވެސް، ފާާހަގަކޮށްލެވޭ މެކްސިކޯގެ ހައްގައް ވަކާލާތުކުރާ ޖަމުއިއްޔާ ސެންޓުރޯ ޕުރޮދްއިން ބުނާގޮތުގައި، ޕެގަސަސް ބޭނުންކޮށްގެން އެ ޖަމުއިއްޔާގެ 2 މުވައްޒަފެއްގެ ފޯނުގެ މައުލޫމާތުތަކުގެ ތެރެއަށް ޖާސޫސްކުރިކަމަށް ސިޓިޒެން ލެބް ކިޔާ ޓޮރޮންޓޯގައި ހުންނަ ވޮޗުޑޯގް ޖަމުއިއްޔާއެއްގެ ހޯދުންތަކުން ދައްކާކަމަށެވެ. އެ ތުހުމަތުތަކަކީ ރައީސް އޮބްރަޑޯގެ ސަރުކާރުން ޕެގަަސަސް ބޭނުންކޮށްގެން ޖާސޫސްކުރާކަމަށް ތުހުމަތުކުރެވޭ ގިނަ ހާލަތްތަކުގެ ތެެރެއިން އެއްހާލަތްކަން ފާހަގަކުރެވެއެވެ.
އެބޭފުޅާގެ ދައުރުގައި ޖާސޫސްކުރާކަމުގެ ތުހުމަތުގެ އިތުރުން، މެކްސިކޯގެ އަސްކަރިއްޔާގެެ މައްޗަށް އަހަރުތަކެއްވަންދެން މީިހުން މެރުމާއި، މީހުން ގެއްލުވާލުމާއި އަދި އެހެނިހެން އަނިޔާތަކުގެ ތުހުމަތު އެޅުވިފާވާއިރު، އެ ކަންކަމަށް އަސްކަރިއްޔާ ޖަވާބުދާރީކުރުވުމަށް ގިނަ ފަރާތްތަކަކުން ގޮވާލައެވެ. ނަމަވެސް އެފަދައިން ގޮވާލާފައިވުމުގެ ފަހުންވެސް އާންމުންގެ ރައްކާތެރިކަމުގައި އަސްކަރިއްޔާގެ ބާރުު އިތުރުކޮށް، މިލިޓަރައިޒްޑް ފުލުސް ފޯސްއެއް ކަމަށްވާ ނޭޝަނަލް ގާޑު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ރައީސް އޮބްރަޑޯ ކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ