Wednesday 9th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އެޗްޑީސީ ރިބްރޭންޑުކުރަން 1.7 މިލިއަން ރުފިޔާ ހަރަދުވޭ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާބްންކޯއަށް ރިބްރޭންޑުކުރުމަށް 1.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އެޗްޑީސީ ރިބްރޭންޑު ކުރުމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދަން އައިމަން ލަތީފް ހުށަހެޅުމުން، ލިޔުމުން ދިން ޖަވާބުގައި އާބަންކޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނި ރިބްރޭންޑުކުރުމުގެ ގޮތުން މިހާތަނަށް 1.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި ކުރިއަށް ކުރަން ހުރި ހަރަދުތަކާއި އެކު ޖުމްލަ 1.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބުނެފައިވެއެވެ.

އާބަންކޯގެ ބްރޭންޑިންގެ މަސައްކަތް ހަވާލުކުރެވުނީ ތިންކް އެސޯސިއޭޓްސް އާއިއެވެ. އެ ކުންފުނިން އެ މަސައްކަތްކޮށްދީފައިވަނީ 155،00 ރުފިޔާއަށެވެ.

މީގެ އިތުރުން އާބްންކޯއަށް ރިބްރޭންޑުކުރަން ބޭއްވި ހަފްލާއަށް 343،000 ރުފިޔާ ހަރަދުވިކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

އާ ނަމަކާއި އަދި ލޯގޯއަކާއި އެކު އެޗްޑީސީ ރިބްރޭންޑުކޮށްފައިވާއިރު އެ ލޯގޯއަކީ ބޭރުގެ ކުންފުންޏެއްގެ ލޯގޯއަކާއި ވަރަށް ވައްތަރު ލޯގޯއެކެވެ. އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އެ ކުންފުންޏަށް އަމާޒުވެފައެވެ.

އެޗްޑީސީެ ރިބްރޭންޑިންއަށް 1.7 މިލިއަން ރުފިޔާ ހޭދަވާއިރު، ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުން ހަރަދުކުރާ ގޮތާއި މެދު ވޯލްޑް ބޭންކުން ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިއުމާއި ގުޅޭ