Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްކޭމް

ސްކޭމްތައް ހުއްޓުވަން ޓާސްކްފޯހެއް ހަދަން އަންގަނީ

އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތައް ހުއްޓުވުމަށް ކަމާ ބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޓާސްކްފޯހެއް ހަދަން އަންގަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)އިން ފާސްކޮށްފިއެވެ.

އެ ކޮމެޓީން އިދާރާތަކަށް އެފަދަ ތާސްކް ފޯހެއް ހަދަން އަންގަން ނިންމާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ރައްޔިތުންގެ މަޖިލީހަށް ސްކޭމްތައް ނުހުއްޓުވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުބާރު ގެއްލޭތީ ކަންބޮޑުވުން ފާޅުކުރައްވައި ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން އެސްއޯ ކޮމެޓީން ދިރާސާކޮށް މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ރިޕޯޓްގައިވާ ހުށަހެޅުމުގައިވާ ގޮތުން އެމްއެމްއޭއިން އިސްނަގައިގެން އުފައްދާ އެ ޓާސްކްފޯސް ވާން ޖެހޭނީ މަލްޓި-އޭޖެންސީ ޓާސްކްފޯހަކަށެވެ.

އަދި އެ ޓާސްކްފޯހުން ސްކޭމް ހުއްޓުވުމަށްޓަކައި މަސައްކަތްކުރާނެ ނިޒާމެއް، ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކާ އެކު މަސަައްކަތްކޮށްގެން ގާއިމްކުރަން ޖެހޭނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެ ރިޕޯޓް މަޖިލީހުން ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ޓާސްކްފޯސް އުފައްދައި، ސްކޭމާ ދެކޮޅު ނިޒާމު ވެސް އެކުލަވައިލަން ޖެހޭނެއެވެ.

މި ލިއުމާއި ގުޅޭ