Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އެމްބާޕޭގެ ރެކޯޑާ އެކު ޕީއެސްޖީ އަށް މުހިއްމު މޮޅެއް

ފްރެންޗް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑާ އެކު ރޭ އަމިއްލަ ދަނޑުގައި އެޓީމުން 1-3 އިން ލެންސް ބަލިކޮށްފި އެވެ.

އެމްބާޕޭ ވަނީ ޕީއެސްޖީގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މީގެކުރިން މުގުރާލާފަ އެވެ. އެ ރެކޯޑް ކުރިން އޮތީ އެޑިންސަން ކަވާނީ އަތުގަ އެވެ. ރޭ ޖެހި ގޯލާ އެކު ލީގުގެ ލަނޑު ރެކޯޑް އެމްބާޕޭ އަށް ލިބުނީ 139 ގޯލާ އެކު އެވެ. އެމްބާޕޭ ޕީއެސްޖީ އަށް މި އަދަދަށް ގޯލު ޖެހީ 169 މެޗުގަ އެވެ. މި ރެކޯޑް ވެސް ކުރިން އޮތީ އުރުގުއޭގެ ފޯވާޑް ކަވާނީ އަތުގަ އެވެ.

ރޭ ޕީއެސްޖީ އަށް ލިބުނީ މުހިއްމު މޮޅެކެވެ. މެޗަށް ނުކުތްއިރު ލެންސްއާއި ޕީއެސްޖީއާ ދެމެދު އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ. އެކަމަކު މިހާރު ފަރަގު ވަނީ ނުވަ ޕޮއިންޓަށް ބޮޑުވެފަ އެވެ. ޕީއެސްޖީ އަށް 72 ޕޮއިންޓް ލިބިފައިވާއިރު ލެންސް އަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ލީގުގައި މި ދެޓީމަށް ވެސް ބާކީ އޮތީ ހަތް މެޗެވެ.

ރޭގެ މެޗުގެ 19 ވަނަ މިނެޓުގައި ލެންސްގެ ސާލިސް އަބްދުލް ސަމަދަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ލެންސް އަށް އުނދަގޫވި އެވެ. އޭގެ ފައިދާ ނަގައި ފުރަތަމަ ހާފުގައި ޕީއެސްޖީ އިން ތިން ގޯލުގެ ލީޑެއް ނެގި އެވެ.

ޕީއެސްޖީގެ ފުރަތަމަ ގޯލު 31 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭ އެވެ. އޭގެ ހަ މިނެޓު ފަހުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވިޓީނިއާ އެވެ. ޕީއެސްޖީގެ ފަހު ގޯލު 40 ވަނަ މިނެޓުގައި ޖެހީ ލިއޮނެލް މެސީ އެވެ.

ދެވަނަ ހާފުގައި ލެންސް އިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދައިފަ އެވެ. އަދި، އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ފްރެންކޯސްކީ ވަނީ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު އޭގެފަހުން އެޓީމަށް ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.

މި ލިއުމާއި ގުޅޭ