Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ޕީޕީއެމްގެ އަޒުމެއް ނުގުޑާ، ކެތްތެރިކަމާއެކު ސާބިތުވެ މަސައްކަތުގައި އެބަތިބީމު: ޣައްސާން

ޕީޕީއެމްގެ އަޒުމެއް ނުގުޑާ ކަމަށާއި ކެތްތެރިކަމާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަހަތްޕުޅުގައި ސާބިތުވެ ތިއްބެވި ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޝާﷲ ރައީސް ޔާމީންގެ މައުސޫމުކަން ސާބިތުވެ މިނިވަން ވާނެ" ކަމަށެވެ. އަދި ވިދާޅުވީ މި އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީއްސުރެ އިދިކޮޅުން ބުނަމުން އަންނަނީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ މައުސޫމުކަން އެންމެންނަށް އެނގިގެން ދާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރަމުން ގެންދާ ދައުވާ ތަކަކީ ސަރުކާރުން އެމަނިކުފާނު ވެރިކަމަށް އަޔަ ނުދިނުމަށް ކުރަމުންގެންދާ ދައުވާ ތަކެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

މިދިޔަ ޑިސެންބަރު 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައެވެ.

މި ލިއުމާއި ގުޅޭ