Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކ.ގުރައިދޫ

ސަރުކާރުން ފޯރުވި ނުފޫޒާއެކު ގުރައިދޫ ދާއިރާ ގޮނޑި ކާމިޔާބުވެއްޖެކަން އެމްޑީޕީން އިއުލާނުކޮށް އުފާ ފާޅުކުރަނީ

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރި މަސައްކަތާއެކު ކ.ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރެއްވި މުޙައްމަދު ޝާޒު ކާމިޔާބުކުރައްވައިފިކަން އިއުލާނުކޮށް އެ ޕާޓީން އުފާ ފާޅުކުރަން ފަށައިފިއެވެ.

ޝާޒު އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ވަޒީރުންވަނީ އެމްޑީޕީން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފިކަން އިއުލާނުކޮށްފައެވެ. ފާއިތުވި ދެ ހަފުތާއެއްހައި ދުވަހު ގުރައިދޫ ދާއިރާގެ ތިން ރަށުގައި ސަރުކާރުގެ ހުރިހާ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންވަނީ އެމްޑީޕީގެ ކެނޑިޑޭޓު ހޮވުމަށް މަސައްކަތްކޮށްފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އިއުލާނުކުރުމާއެކު އެ ދާއިރާގައި ހިމެނޭ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢު އިއުލާނުކޮށް، ވޯޓަށް ހަފުތާއެއްހައި ދުވަހަށް ވެފައިވަނިކޮށް އެމްޓީސީސީގެ ވަސީލަތްތައް އެ ރަށަށް މޯބަލައިޒްކޮށް މަސައްކަތް ފެށިއެވެ.

އަދި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ދާއިރާގެ މާފުށިން 2،000 އަކަފޫޓުގެ ބިން ދޫކުރަން އިއުލާނުކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލިއެވެ. އޭގެ އިތުރަށް ސަރުކާރުގެ ވަޒީރުން އެ ރަށްރަށަށް ވަޑައިގެން މީހުންނަށް ވުޒާރާތަކުގެ ތެރެއިން އެކި ކަންކަން ހަމަޖައްސަވައިދެއްވަމުން ގެންދެވިއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ޝާޒު ވާދަކުރެއްވިއިރު ޕީޕީއެމުން އެ ދާއިރާއަށް ކުރިމަތިލެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ އަދި ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ޙުސައިން ރިޒާއެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ އިތުރަށް އެ ދާއިރާއަށް އެމްއެންޕީން ކެނޑިޑޭޓަކު ކުރިމަތިލެއްވިއެވެ. އެ ޕާޓީން ކުރިމަތިލެއްވީ އަލީ އަރީފެވެ.

އިންތިޚާބު ނިމުމާއެކު އެމްޑީޕީގެ މެންބަރުން ބުނަމުންއައީ ކުރިން ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބުކުރައްވާނެކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ