Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީރިޔާ

ޢަރަބި ލީގާ ސޫރިޔާ އަލުން ގުޅުމާމެދު ގޮތެއް ނުނިންމުނު

ޢަރަބި ލީގަށް ސޫރިޔާ ގެނައުމާ ގުޅޭ ގޮތުން މިޞްރާއި ސޫރިޔާއާއި ޚަލީޖުގެ ޤައުމުތަކާއި ސޫރިޔާއިން ބޭއްވި ބައްދަލުވުން ނިމުނުއިރުވެސް އަނބުރާ ޢަރަބި ލީގަށް ސޫރިޔާ އިއާދަކުރުމާމެދު ގޮތެއް ނުނިމުނެވެ.

ސީރިއާއަށް ކުރިމަތިވެފައިވާ ކާރިސާއާއި ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ބައްދަލުވުމުގައި އަރަބި ލީގަށް ސީރިއާ އެނބުރި އައުމާއި މެދު ގޮތެއް ނުނިންމުނަސް، ސީރިއާގެ ހާލަތަށް ހައްލެއް ހޯދައިދިނުމުގައި އަރަބި ސަރަހައްދުގެ ގައުމުތަކުން އިސް ރޯލެއް އަދާކުރަން ޖެހޭކަމަށް އެ މަޝްވަރާގައި ހާޒިރުވެ ތިއްބެވި އަރަބި ސަފީރުން އެއްބަސްވެވަޑައިގެންނެވިކަމަށް، ސައުދީގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

2011 ގައި ސީރިއާގެ ސަރުކާރާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހަޅުތާލުތަކާއި މުޒާހަރާާތައް ހުށްޓުވުމުގައި ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދު އެޅުއްވި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަރަބި ގައުމުތަކަކުން ސީރިއާއާއި ގުޅުން ކަނޑާލިއެވެ. ނަމަވެސް، މިޞްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ އަރަބި ރީޖަންގެ ބޮޑެތި ގައުމުތަކުން އަލުން ސީރިއާއާއި ގުޅުން ގާއިމުކުރިއެވެ.

ނަމަވެސް އަދިވެެސް 2011 ގައި ސީރިއާއާއި ގުޅުން ކަނޑާލަން ޖެހުނު ސަބަބު، އެއީ ގައުމުތެެރޭގައި ހިނގަމުން އަންނަ ހަނގުރާމަ، ކުރިއަށް އެބަދާކަމަށް ގަތަރުގެ ބޮޑު ވަޒީރު ޝެއިޙް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ސާނީ ވިދާޅުވިއެެވެ. މިކަމުގެ ސަބަބުން އަދިވެސް އަރަބި ގައުމުތަކާއި ސީރިއާއާއި ދެމެދު ފުޅާކޮށް ގުޅުން ގާއިމްކުރެވިދާނެކަމާމެދު ބައެއް ގައުމުތަކަށް ސުވާލު އުފައްދައެވެ.

ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެެމެދު ހިނގަމުން އަަންނަ ހަނގުރާމައިގެ ތެރެއިން މިހާތަނަށް ބައި މިލިއަނެއްހާ ރައްޔިތުުން މަރުވެ، ހަނގުރާމައިގެ ކުރިން ސީރިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި އަދަދާއި އެއްވަރަށް މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވިއެވެ.

ސީރިއާގެ ހާރިޖީ ވަޒީރު ފައިސަލް މެކްދާދު ޖިއްދާއަށް ކުރެއްވި ދަތުރުފުޅުވެގެން ދިޔައީ ސީރިއާގައި މިހާރު ދަރަހައަކަށް ވުރެން ގިނަ ދުވަސްވީ އަހުލީ ހަނގުރާ ފެށުނު ފަހުން އެ ހަމަނުޖެހުމާއި ލޭއޮހޮރުވުމަށް ކުޑަނަމަވެސް މަޑުޖެހުމެއް އަންނާނެކަމުގެ އުއްމީދުގައިކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެެވެ. އެ ދަތުރުފުޅުގައި ސައުދީގެ ހާރިޒީ ވަޒީރާއިއެކުގައި ބައިނަލްއަގުވާމީގޮތުން ސީރިއާ އެކަހެރިވެފައި އޮތުމަށް ހައްލެއް ގެނައުމުގެ މަޝްވަރާ ކުރެއްވިއެވެ.

ހާރިޖީ ވަޒީރު މެކްދާދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ދެން ވަޑައިގަތުމަށް ތާވަލުކުރެވިފައިވަނީ އަލްޖީރިއާއަށެވެ.

ޗައިނާއިން އިސްނަގައިގެން އިރާނާއި ސައުދީ ދެމެދު 2015 އިން ފެށިގެން އުފެދިފައިވާ ނުތަނަވަސްކަމާއި ނިމުމެއް ގަނައުމަށް އެކުލަވާލި އެއްބަސްވުމުގައި އެދެގައުމުވެސް ބައިވެރިވެ، ސުލްހަމަސަލަސްކަން ގާއިމުކުރުމުގައި ދެގައުމުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޖެއްދާގައި ބޭއްވި މަޝްވަރާގައި ސީރިއާއާއި މެދު ގޮތެއް ނުނިމުނަަސް، އެފަދަ އިތުރު މަޝްވަރާތައް ބާއްވާނެއެެވެ. އެގޮތުން، މޭ މަހުގައި ސައުދީ އަރަބިއްޔާގައި ހަަމަ އެފަދަ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވެއެވެ.

އެ ބައްދަލުވުމުގައި އަރަބި ލީގާއި ސީރިއާ އަލުން ގުޅުމާމެދު މަޝްވަރާ ކުރެވިގެންދާނެކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

މި ލިއުމާއި ގުޅޭ