Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

އެފްކޮންސް ވިއްކާ ވާހަކަ އިދިކޮޅުން ދައްކަނީ ހަޖަމު ނުވެގެން: ޝަރީފް

މި ސަރުކާރުގެ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖާއި، އައްޑޫ ސިޓީގެ މަގުތައް ހަދަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލާ ވާހަކަ އިދިކޮޅުން ދައްކަނީ "ހަޖަމު ނުވެގެން" ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް ކުންފުނި ހިމެނޭހެން ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން އެ ގްރޫޕުން ވަނީ ނިންމާފަ އެވެ. އެއާއެކު އެފްކޮންސް އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އަސަރުކުރާނެ ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފްކޮންސް އިން ރާއްޖޭގައި ހިންގާ މަޝްރޫއު ތަކުގެ ސްޕީޑު ކުރިއަށްވުރެ ބާރުވެއްޖެ ކަމަށާއި އެ މަޝްރޫއުތައް މި ސަރުކާރުން ނިންމާނެ ކަމަށެވެ.
"އައްޑޫގެ މަގުތައް ނިމެންދާ މަންޒަރު މިހާރު ފެންނަން ފަށައިފި. އެކަން އިދިކޮޅަށް ހަޖަމް ނުވެގެން އުޅޭ މަންޒަރު މި ފެންނަނީ. މީގެ ކުރިން ކީ ލަވަޔަކީ އެ މަޝްރޫއުތައް ނުހިންގޭނޭ،" ޝަރީފް ވިދާޅުވި އެވެ.
އައްޑޫގައި ހިންގާ ހުރިހާ މަޝްރޫއެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާނެ. އައްޑޫ ބިންވެސް ހިއްކާ ނިންމާނެ. އެ މަންޒަރު މިހާރު ލޮލަށް ފެންނަން ފަށައިފި. މާލެ ބްރިޖުވެސް އަޅާ ނިންމާނެ. އެލްއޯސީގެ ދަށުން ފައިސާވެސް ވަނީ ހަމަޖެހިފަ،"
ޝަރީފް ވިދާޅުވި ގޮތުގައި އިދިކޮޅުން ޖެހިލުންވަނީ ބޮޑު ބިޔަ މަޝްރޫއުތައް، ކޮވޮޑުތެރޭ ކުޑަކޮށް މަޑުޖެހިލާފައި އޮތުމަށްފަހު ސްޕީޑު ބާރުވެ ނިމެންދާ މަންޒާރާއެކު ރައީސް އިބްރާހީމް އަށް އޮތް ތާއީދު އިތުރުވަމުން ދާންފެށުމުންނެވެ.
"ވެރިކަން ފުރުކައިގަތުމަށް އިދިކޮޅުން ކުރާ އުންމީދު ދަނީ ފަނޑުވަމުން. ޗާންސް އިދިކޮޅަކަށް ނެތް،" ޝަރީފް ވިދާޅުވި އެވެ.
އެފްކޮންސް ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ތިލަމާލެ ބްރިޖަށް 8.2 އަދި އައްޑޫ މަގުތައް ހެދުމަށް 1.1 ބިލިއަން ރުފިޔާ އެވެ.
އެފްކޮންސް ވިއްކާލުމާ ގުޅޭގޮތުން ސީދާ ދިވެހި ސަރުކާރާ އެސްޕީ ގްރޫޕުން މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ދިވެހި ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ. އެހެންމަވެސް އެފްކޮންސް ވިއްކާލިޔަސް އެ ކުންފިނިން ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއަކަށް ބުރޫ ނާރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ